ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި މަސް ނިމުމުގެ ކުރިން އިތުރު އެއް ލައްކަ ޑޯޒް ގެންނަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

މި މަސް ނިމުމުގެ ކުރިން ކޮވިޑު ވެކްސިންގެ އިތުރު 100،000 ޑޯޒް ރާއްޖެ ގެންނާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ނޫސްވެރިންގެ ބައްދަލުވުމެެެެެެެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު، މަބްރޫކް އަޒީޒް ވިދާޅުވީ މި މަސް ނިމުމުގެ ކުރިން 1 ލައްކަ ވެކްސިން ގެނައުމަކީ އުންމީދު ކުރައްވާ ކަމެއް ކަމަށާއި މިއަދު ވަނީ ރާއްޖެއަށް 5000 ޑޯޒްގެ ވެކްސިން އައިސްފައި ކަމަށެވެ. ނަމަވެސް ރާއްޖެއަށް ގެންނަނީ ކޮން ވެކްސިންނެއް ކަން މަބްރޫކް ހާމަ ކުރައްވާފައެއް ނުވެއެވެ.

ރާއްޖޭގައި މިހާރު ޖަހަމުންދަނީ އިންޑިއާ އިން ހަދިޔާކުރި ކޮވިޑް ވެކްސިންގެ 100،000 ޑޯޒެވެ. އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ވެކްސިނަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީކޮށް، ސީރިއަމް އިންސްޓިޓިއުޓް އިންޑިއާއިން އުފައްދާފައިވާ ވެކްސިނެވެ.

މީގެއިތުރުން ޗައިނާ ސަރުކާރުން ވެސް ވަނީ 100،000 ޑޯޒުގެ ވެކްސިން ރާއްޖެ އަށް ހަދިޔާކުރުމަށް ނިންމާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: