ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީ ވަހީދު ފުރި މައްސަލަ ބަލަން މަޖިލީހަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާ ކުރިކަމުގެ ދައުވާ އުފުލާފައި ވަނިކޮށް، ރާއްޖެ ދޫކުރައްވައި ފުރައިވަޑައިގަތް މައްސަލާގައި ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ޢަމަލުކުރައްވާފައިވަނީ ރަނގަޅަށްތޯ ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އަންހެން މެންބަރުން އެދިވަޑައިގެންފިއެވެ.

މިކަމަށް އެދިވަޑައިގެންނެވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިނާއި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދުގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެވެ.

ޖިންސީ ގޯނާގެ ދައުވާ އުފުލިފައިވާ އަލީ ވަހީދުގެ ޕާސްޕޯޓު ކްރިމިނަލް ކޯޓުން ދޫކޮށްލުމާއެކު އޭނާ ވަނީ ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައެވެ. އެކަމާ ގުޅިގެން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެގެން ގޮސްފައެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ އަންހެން މެމްބަރުން ރައީސް ނަޝީދަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ފުރުން މަނާކުރުމުގެ އަމުރު ބާތިލުކުރުމަށް ކޯޓުން ނިންމި އަޑުއެހުމުގައި އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިގެންދިޔުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އިއުތިޒާރުކޮށްފައި ނުވާ ކަމަށެވެ.

އަދި ސިއްހީ ފަރުވާ އަށް އަލީ ވަހީދު ރާއްޖެ އިން ބޭރަށް ފުރާވަޑައިގަންނަވަން ޖެހޭ ކަން ކަށަވަރު ކުރުމުގެ ގޮތުން ޑރ. ޔޫސުފް ޝާން ކޯޓަށް ހާޒިރުކޮށް އޭނާގެ ވާހަކަ އަޑުއެހި ކަމަށް ޕީޖީ އޮފީހުން ބުނާތީ އެފަދަ އިން އަމަލުކުރިތޯ އާއި މުޅި މި މައްސަލާގައި ވެސް އަމަލުކޮށްފައިވާ ގޮތް ބަލައިދިނުމަށް މެމްބަރުން ވަނީ އެދިފައެވެ.

“ޖިންސީ އަނިޔާ ދިނުމުގެ މިފަދަ ބޮޑެތި ސީރިއަސް ތުހުމަތުތަކެއްކޮށް ތަހުގީގު ކުރެވި ދައުވާ އުފުލިފައިވާ މައްސަލައެއްގައި ދައުވާ އުފުލާފައިވާ ފަރާތަށް ރާއްޖެ އިން ބޭރަށް ފުރައިގެން ދެވިފައި ވުމަކީ އަޅުގަނޑުމެންގެ ކަންބޮޑުވުމެކެވެ. އަދި އަޅުގަނޑުމެންގެ ނަޒަރުގައި މިއީ މި މައްސަލައިގައި އަނިޔާ ލިބުނު ފަރާތްތަކަށް ތަހައްމަލް ކުރަން ޖެހުނު އިތުރު އަނިޔާއެކެވެ” އެ މެމްބަރުންގެ ސިޓީގައި ވިދާޅުވިއެވެ.

އަދި އަލީ ވަހީދު ކޯޓަށް ހާޒިރުކޮށް ޝަރީއަތް ފެށުމުގެ ގޮތުން ޕްރޮސިކިއުޓަ ޖެނެރަލް އަޅުއްވަން ނިންމަވާފައި ހުރި ފިޔަވަޅުތަކަކީ ކޮބައިކަން ސާފުކުރުމަށާއި މި ޒާތުގެ މައްސަލަތައް ތަކުރާރު ވިޔަ ނުދިނުމަށްޓަކައި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ގެންނަން ޖެހޭ ބަދަލުތަކަކީ ވެސް ކޮބައިތޯ ދެނެގަނެ އެ ބަދަލުތައް ތަންފީޒުކުރުމަށްޓަކައި އެޅުއްވެން ހުރި ފިޔަވަޅުތައް އަޅުއްވައި ދެއްވުމަށް ވެސް އެ މެމްބަރުން ވަނީ އެދިވަޑައިގެންފައެވެ.

“ވީމާ، މަތީގައި ދަންނަވާފައިވާ ކަންކަން ބެލުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އަށް މި މައްސަލަ ފޮނުވައިދެއްވުމަށް އެދި ދަންނަވަން” އެ ސިޓީގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: