ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއުއަކީ އަންހެނުންނަށް ޖިންސީ ފުރައްސާރަކުރުން: ސަލީމް

ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއުއަކީ އަންހެނުންނަށް ޖިންސީ ފުރައްސާރަކުރުން ކަމަށް އިދިކޮޅު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް މިހެން ވިދާޅުވީ ޖިންސީ ގޯނާގެ ދައުވާ އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވުމާ ގުޅިގެންނެވެ. އަލީ ވަހީދު ފުރާވަޑައިގެންނެވީ ޕާސްޕޯޓު ހިފެހެއްޓުމަށް ކޯޓުން ކުރި އަމުރު ބާޠިލް ކުރުމާއި އެކުއެވެ. އަލީ ވަހީދު ރާއްޖެ ދޫކޮށް ފުރާފައިވަނީ ލަންޑަނަށެވެ.

އެކަމާ ގުޅިގެން މެމްބަރު ސަލީމް ވިދާޅުވީ މި ސަރުކާރުް ހިންގާ އެންމެ ބޮޑު މަޝްރޫއު އަކީ އަންހެނުންނަށް ޖިންސީ ފުރައްސާރަ ކުރުން ކަމަށް ވިދާޅުވެފައެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވަނީ ބޭސްފަރުވާ އަކަށް ފުރުމުގެ ގޮތުންނެވެ. އެގޮތުން އަލީ ވަހީދު ވަޑައިގެންފައިވަނީ އިނގިރޭސިވިލާތަށް ކަމަށްވާއިރު މިއީ އޭނާ މީގެ ކުރިންވެސް ހިމާޔަތް ދީފައިވާ ގައުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: