ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުވައްމުލަކުން ޕޮޒިޓިވްވި މީހުންގެ އަދަދު 11 އަށް އަރައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފުވައްމުލަކު ސިޓީގައި އުފެދިފައިވާ “ދުބާއި ކްލަސްޓާ” އިން ޕޮޒިޓިވްވި މީހުންގެ އަދަދު 11 އަށް އަރައިފި އެވެ.

ފުވައްމުލަކުން އެންމެ ފުރަތަމަ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ މިދިޔަ އާދީއްތަ ދުވަހު ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިންނެވެ. އެމީހާ އަކީ ދުބާއީ އިން އައިސް ފުވައްމުލަކުގައި ކަރަންޓީނުގައި ހުއްޓާ ކޮވިޑަށް ޕޮޒިޓިވްވި ފަރާތަކާއި ކޮންޓެކްޓްވި ފަރާތެއް ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ބުނެއެވެ.

ފުވައްމުލަކު ހޮސްޕިޓަލުން މިރޭ ބުނީ އެމީހާގެ ކޮންޓެކްޓް ޓްރޭސިން ހެދުމުން އިތުރު 10 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެއާއެކު މި ކްލަސްޓާ އިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 11 އަށް އަރާފައެވެ.

ފުވައްމުލަކުން 11 މީހުންގެ ތެރޭގައި ދާއިމީ ބައްޔަށް ފަރުވާ ކުރާ ދެ މީހަކާއި 65 އަހަރުން މަތީގެ މީހަކާއި ކުޑަކުއްޖެއް ހިމެނޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

ފުވައްމުލަކުން 11 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އެ ރަށް މިވަގުތު އޮތީ މޮނީޓަރިންގެ ހާލަތުގައެވެ. އަދި އެ ރަށުގެ ސްކޫލްތައް ބަންދުކޮށް ބަލިން ރައްކާތެރިވުމަށްޓަކާ ވަނީ ފިޔަވަޅުތައް ވެސް ވަރުގަދަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: