ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންނަށް ދިން ހަމަލާއަށް އިދިކޮޅުން ޖަވާބުދާރީވާންޖެހޭނެ: އީސީ

އީސީގެ ރައީސް އަހުމަދު ޝަރީފު-- ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން މިއަދު މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން ފުލުހުންނާއި ކުރިމަތިލައި ހިންގި ހަމަނުޖެހުމަށް ޖަވާބުދާރީވާންޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

މިއަދުގެ އެއްވުމުގެ ބައިވެރިން ވަނީ ފުލުހުންނާއި ކުރިމަތިލައި، ފުލުހުންގެ ސަފުތައް ފޫ އަޅުވާލައި ބަންދުކޮށްފައިވާ ސަރަހައްދުތަކެއް ވަދެގެންފައެވެ. އެ ކުރިމަތިލުމުގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވަމުންދާއިރު، އެ ކުރިމަތިލުމުގެ ތެރެއިން ފުލުހުންނާއި އާންމުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ.

އެކަމާ ގުޅިގެން އީސީގެ ރައީސް ޝަރީފް ވިދާޅުވީ ސިޔާސީ ޕާޓީތަކުން ވެސް އެޗްޕީއޭ އިން އިއުލާން ކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ.

“މި ކްލިޕް އިން ފެންނަ މަންޒަރުތަކުން މިކަން އިންތިޒާމުކުރި ޕާޓީއަކުން ޖަވާބުދާރީ ވާންޖެހޭނެ” ޝަރީފް ވިދާޅުވިއެވެ.

މިިއަދު ކުރިއަށްދިޔަ މުޒާހަރާ ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރި ފުލުހުންގެ ތެރެއިން ބައެއް ފުލުހުންނަށް އެކިވަރުގެ އަނިޔާވެ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި ބާރުގެ ބޭނުންކޮށް ފުލުހުން މުޒާހަރާ ކޮންޓްރޯކުރުމަށް ކުރި މަސައްކަތުން މުޒާހަރާގެ ބައިވެރިންގެ ތެރެއިންވެސް ބައެއް މީހުންނަށް އެކިވަރުގެ އަނިޔާތައްވެފައިވެއެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: