ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑްގެ އާ ވޭރިއަންޓް ވެކްސިން ޖެހި މީހުންނަށްވެސް ޖެހޭ

ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ޗެއަރ ޑރ އަހުމަދު ފައިސަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ގެ އާ ވޭރިއަންޓް ވެކްސިން ޖަހާފައިވާ މީހުންނަށްވެސް ޖެހޭ ކަމަށް ޑރ. އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާ ވޭރިއަންޓްގެ ސަބަބުން އެއްތަނެއްގައި ތިބޭ ބަޔަކަށް ބަލި ފެތުރުމުގައި ބަލި މީހާގެ ނޭފަތުގައި ހުރި ވައިރަހުގެ ޢަދަދު މަދުކަމުގައިވިޔަސް ފެތުރޭ ކަމަށާއި އަދި އެކަމަށް ނަގާވަގުތު ވެސް މަދު ކަމަށެވެ.

“އަދި ކުރިން ބަލިޖެހިފައި ތިބި މީހުންނަށާއި ވެކްސިން ޖަހާފައި ތިބި މީހުންނަށް ވެސް ޖެހޭނެތީ” އާ ވޭރިއަންޓުގެ ނުރައްކާ ހާމަކުރަމުން ފައިސަލް ވިދާޅުވިއެވެ.

ވޭރިއެންޓުތަކުގެ ނުރައްކާ ބޮޑުވަމުންދިޔަ ނަމަވެސް މިހާތަނަށް ވެރިއެންޓްތައް ފެންނަ ގައުމުތަކުގައިވެސް، އެއްވެސް ވައްތަރެއްގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރި އެކަކަށް ވެސް މިހާތަނަށް ބޮޑަށް ބަލިވެ، އެނދުމަތިކޮށް ނުވަތަ ނިޔާވެފައިި ނެތްކަން ފައިސަލް ފާހަގަކުރެއްވިއެވެ.

އިއްޔެ ރާއްޖެއިން 120 މީހަކު ޕޮޒިޓިވް ވެފައިވާއިރު އޭގެތެރެއިން 99 މީހުން ނިސްބަތްވަނީ މާލެ ސަރަހައްދަށެވެ..

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: