ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފާތޭގެ މާލީ ބަޔާން ބަދަލުކުރީ އޮޅުންތަކެއް ހުރުމުން: ރައީސް އޮފީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސެކްރެޓަރީ އަދި ދައްތަ ފާތިމަތު މުހައްމަދު ސޯލިހު (ފާތޭ)ގެ މާލީ ބަޔާން ވެބްސައިޓުން ނަގައި އާ ބަޔާނެއް އާންމު ކުރަން ޖެހުނީ އޮޅުންތަކެއް ހުރުމުންް ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

އެގޮތުން ރައީސް އޮފީހުން ބުނީ ފާތިމަތު މުހައްމަދު ސޯލިހުގެ މާލީ ބަޔާން، ފޯމު އެންޓަރ ކުރުމުގައި ދިމާވެފައިވާ އޮޅުމެއްގެ ސަބަބުން، އެ ފޯމުގައި ބަޔާންކޮށްފައިވާ އާމްދަނީއާ، މުދަލާއި، ފައިސާ އަދި ލޯނުގެ ބައިގައި، އެކަމަނާގެ މައުލޫމާތުގެ ބަދަލުގައި ފިރިކަލުން އަލްމަރްހޫމް އިސްމާއިލް ފިރާގުގެ ބޭންކު އެކަންޓުގައި ހުރި ހަތް ލައްކަ ރުފިޔާ އަދި އިމާރާތުގެ އަގުގެ ގޮތުގައި 20 މިލިއަން ރުފިޔާގެ މައުލޫމާތު އެކުލެވިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން އެކަން ފާހަގަވީ މި މަހުގެ 11 ވަނަ ދުވަހު ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އެއާއެކު އެކަމަނާގެ ފޯމު ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓަށް، އަލުން އަޕްލޯޑުކޮށްފައިވަނީ އެ ކަންކަން އިސްލާހު ކުރުމަށްފަހު ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: