ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިން ލޮކްޑައުން ކުރި އިރު ދޫކޮށްފައިވާ ފާސްތައް ބޭނުންކުރާ މައްސަލަ!

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސަރަހައްދު ކުރިން ފުރަބަންދުކުރި އިރު ޒަރޫރީ ބޭނުންތަކަށް ނުކުތުމަށް ދޫކުރި ފާސްތައް މިހާރު ބޭނުންނުކުރެވޭނެކަމަށް ފުލުހުން ބުނެފިއެވެ.

ރާއްޖޭގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވެ އިރުއޮއްސި 6 އިން ފަތިހު 6 އަށް މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން ވަނީ މަނާކޮށްފައެވެ. އަދި ރޭގަނޑު 11:00 ފަތިހު 04:30 ބޭރަށް ނުކުމެ އުޅުމަކީވެސް މަނާކަމަކެވެ.

ދުއްވުން މަނާ ގަޑިތަކުގައި ޒަރޫރީ އެކި ބޭނުންތަކަށް ބޭރަށް ނުކުންނަށް ޖެހޭ ފަރާތްތަކަށް ފުލުހުން އަންނަނީ ވަކި ހުއްދައެއް ދޫކުރަމުންނެވެ. އެ އިދާރާއިން ބުނީ މިދިޔަ އަހަރު ކުރި ފުރަބަންދުގެ ދުވަސްވަރު އެކި ބޭނުންތަކަށް ދޫކުރި ފާސްތައް ބައެއް ފަރާތްތަކުން ބޭނުންކުރަމުން އަންނަކަމަށެވެ. އެހެންމަމަވެސް އެ ފާސްތައް މިހާރު ބޭނުން ނުކުރެވޭނެކަމަށާއި އެފާސްތައް ހިފައިގެން މަނާ ގަޑިތަކުގައި އުޅޭ ފަރާތަކަށް ކަނޑައެޅިފައިވާ އުސޫލުން އަދަބު ދެމުން އަންނާނެކަމަށް ފުލުހުން ވިދާޅުވެއެވެ.

ވެހިކަލް ދުއްވުން މަނާ ގަޑިތަކުގައާއި ކާފިއު ވަގުތު ޒަރޫރީ ބޭނުންތަކަށް ވެހިކަލް ބޭނުން ކުރުމަށް ނުވަތަ ބޭރަށް ނުކުތުމަށް ޕޮލިސް ޕަރމިޓަށް އެދުމަށް ކަނޑައަޅަފައިވާ ޕޯޓަލްއަކީ police.gov.mv/permit އެވެ. އަދި ޕޮލިސް ޕަރމިޓް ސެންޓަރ އަށް ގުޅޭނެ ނަންބަރެއްގެ ގޮތުގައި 1665އަށް ގުޅޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: