ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޭދޫން އިތުރު މީހަކު ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީ މީދޫ. ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

 ފޭދޫއިއިން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އައްޑޫ އިމެޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނިގޮތުގައި މިއަދުގެ ހަވީރު 18:00 އާއި ހަމައަށް އައްޑޫ އިން ޕޮޒިޓިވް ވެފައިވަނީ އެންމެ މީހެކެވެ.

އެމީހާ އަކީ ފޭދޫ އަށް ނިސްބަތްވާ ފަރާތެކެވެ. އެއާއެކު އައްޑޫ އިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 61 އަށް އަރާފައެވެ.

226 ތަނެއް ކަރަންޓީނަށް ލެވިފައިވާއިރު ޑައިރެކްޓް ކޮންޓެކްޓުންގެ އަދަދު 341 އަށް އަރާ ކަމަށް އެ ސެންޓަރުން ހާމަކުރެއެވެ.

މި ކޭސްތަކާ ގުޅިގެން އައްޑޫ މިވަގުތު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު، ހަތް ދުވަހުގެ މުއްދަތަށް ރޭގަނޑު 8 އިން ފަތިހު 4 އަށް އައްޑޫގައި އަންނަނީ ކާފިއު ވެސް ހިންގަމުންނެވެ. އަދި ހަފްތާގެ މުއްދަތަށް އައްޑޫ އިން ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: