ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕްރީމް ކޯޓުގެ ނިންމުމަކަށް ފަނޑިޔާރުންގެ ރައުޔު: “ޝަރުއީ ނިޒާމަށް ހުރުމަތެއް ނެތް، ލަދުވެތި ވަން”!

ސުޕްރީމް ކޯޓުގެ އިމާރާތް ---- ފޮޓޯ: ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

ދަރަންޏެއް ސާބިތު ނުވަނީސް، 2.8 މިލިއަން ޑޮލަރު ދައްކަން ކުރި ހުކުމެއްގެ މައްސަލައެއްގައި ސުޕްރީމް ކޯޓުން ކުރިން އަމަލުކޮށްފައިވަނީ، ޝަރުއީ ނިޒާމުން ކަމަށާއި، އެކަމާއި މެދު ލަދުވެތިވާ ކަމަށް ބުނެ، އެ މައްސަލަ ހައި ކޯޓުން އަލުން ބަލަން ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

މިއީ މއ. އަތަމަގޭ އިބްރާހިމް އަބްދުއްލަތީފްގެ ފަރާތުން، އޯނަސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށް ދޫކުރި ޗެކެއް ބައުންސްވި މައްސަލައެއްގައި ޖިނާއީ ދައުވާ ނުކުރަން ނިންމުމުން ޕްރޮސެކިއުޓާރ ޖެނެރަލާއި ދެކޮޅަށް އެ ކުންފުނިން 2010 ގައި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

ކޯޓުން މައްސަލައިގައި އޭރު އެ ފައިސާ އަނބުރާ ދެއްކުމަށް އަބްދުއްލަތީފަށް އަންގާފައި ނުވެއެވެ. އަދި ބުނެފައިވަނީ ޕީޖީގެ ނިންމުން އަލުން މުރާޖައާ ކުރުމަށް އެ ކުންފުންޏަށް ހުށަހެޅުމުފެ ފުރުސަތު އެބައޮތް ކަމަށެވެ.

އެއަށްފަހު ސުޕްރީމް ކޯޓުން ވަނީ އަބްދުއްލަތީފްގެ އަތުން އެ ފައިސާ ހޯދުމަށް 2015 ގައި ސިޓީއަކުން ސިވިލް ކޯޓަށް އަންގާ ހުކުމް ތަންފީޒު ކުރުމަށް ބުނެފައެވެ. ސުޕްރީމް ކޯޓުގެ އެންގުމާއި އެއްގޮތަށް ސިވިލް ކޯޓުން ވަނީ ޗެކުތަކުގެ ޖުމްލަ ފައިސާއަށްވާ 43 މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފައެވެ.

ސިވިލް ކޯޓުގެ ހުކުމް އަބްދުއްލަތީފްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިނަމަވެސް، އެ ކޯޓުން ނިންމީ އެ މައްސަލަ ބަލައިނުގަތުމަށެވެ.

އޭގެ ދެ އަހަރު ފަހުން، 2017 ގައި ފައިސާ އަނބުރާ ދެއްކުމަށް އަބްދުއްލަތީފްގެ މައްޗަށް ސިވިލް ކޯޓުން އަނެއްކާ ވެސް އެންގިއެވެ. ސުޕްރީމް ކޯޓަށް އެ މައްސަލަ ދިޔައީ، 2018 ވަނަ އަހަރުގެ ތެރޭގައެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ބެއްލެވި މި މައްސަލައިގައި، ބުނެފައިވަނީ މިއީ އާދަޔާއި ހިލާފު އިޖުރާއަތްތަކެއްގެ ތެރެއިން ހިނގާފައިވާ މައްސަލައެއް ކަމަށެވެ.

ލިޔެކިއުންތަކުން ދައްކާ ގޮތުން، ޝުޖާއު އަތުން އަނބުރާ ދައްކާގޮތަށް ޝަރީފު ފައިސާ ނަގާފައިވެއެވެ. މި މައްސަލައިގައި ޖާމިނުވެފައި ވަނީ ޝަރީފުގެ ފަރާތުން އިބްރާހިމް އަބްދުއްލަތީފެވެ. ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ މި މުއާމަލާތާއި ބެހޭ އެއްވެސް ކަމެއް، މި މައްސަލައިގައި އެ ކޯޓުން ކަށަވަރުކޮށްފައި ނުވާނެ ކަމަށެވެ.

އޭގެ ސަބަބެއްގެ ގޮތުގައި ހުކުމުގައި ބުނެފައިވަނީ މިއީ ކޯޓުން ބަލަމުން ދާ މައްސަލައިގެ މައުޟޫގެ ތެރޭގައި ހިމެނޭކަމަކަށް ނުވެފައި، އެއާއި ބެހޭ މުއާމަލާތްތައް ދަށު ކޯޓުން ވެސް ކަށަވަރުކޮށްފައި ނެތުމެވެ. އަދި މި މައްސަލައިގެ ތެރެއަށް އޯނަސް ޕްރައިވެޓު ލިމިޓެޑު ވަންނަ ގޮތް ސާފެއް ނޫން ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ވެއެވެ.

ހައިކޯޓުން މައްސަލަ ބަލައި ނުގަތުމަށް ނިންމި ނިންމުމަކީ ގާނޫނާ އެއްގޮތަށް އެ ކޯޓުން ނިންމާފައިވާ ނިންމުމެއްތޯ ކަނޑައެޅުމުގެ ބަދަލުގައި މުޅި މައްސަލައިގެ މައުޟޫއަށް ގޮސް، ސުޕްރީމް ކޯޓުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް ހާޒިރުކޮށް ޝަރީއަތްކޮށްފައެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލައިގެ ބޭރުން، ޗެކެއް ބައުންސްވި މައްސަލަ ބަލައި، މައްސަލައިގެ ހަސްމެއްގެ ގޮތުގައި ނުހިމެނޭ އަބްދުއްލަތީފު ދޫކުރިކަމަށް ބުނާ ޗެކުތަކާއި ބެހޭ ގޮތުން ފަނޑިޔާރުން ވަނީ ރައުޔު ހާމަކުރައްވާފަ އެވެ.

ސުޕްރީމް ކޯޓުން މިއަދު އާއްމު ކުރި ހުކުމުގައި ބުނެފައިވަނީ، ދަރަންޏެއް ސާބިތު ނުވާ މީހެއްގެ އަތުން ފައިސާ ހޯދުމަށް ކޯޓުން އޭރު އެންގުމާއި އެ އެންގުމަށް ތަބާވެ ސިވިލް ކޯޓާއި އަދި ހައިކޯޓުން ވެސް އަމަލުކުރީ އަދުލު އިންސާފުގެ އުސޫލުތަކާއި ހިލާފަށް އެއާއި އިދިކޮޅަށް ކަމަށެވެ. އެގޮތުން ފައިސާ ދެއްކުމަށް ހުކުމެއް ނެތީސް، ފައިސާ ހޯދަން އަންގައި ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރުން އަމަލުކޮށްފައި ވަނީ އެންމެ އާދައިގެ އާއްމުންގެ ފަރުދަކަށް ވެސް ގަބޫލު ކުރެވޭނެފަދަ ގޮތަކަށް ނޫން ކަމަށެވެ.

ސުޕްރީމް ކޯޓުން ބުނެފައިވަނީ އަދުލުވެރިކަމާއި އެކު ޝަރީއަތް ކުރުމަކީ އެއީ މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތަކަށް ވެސް އެ މައްސަލައިގައި ވާހަކަ ދެއްކުމަށް ފުރުސަތު ދެވި ހަމަހަމަކަމާއި އެކު އަމަލު ކުރުން ކަމަށެވެ. އަދި އެއްވެސް މީހެއްގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ ކޮބައިކަން ނާންގައި، އެ ދައުވާއަށް ޖަވާބުދާރީވުމަށް ނުވަތަ ދިފާއުވާން އެއްވެސް ފުރުސަތެއް ނުދީ ހުކުމެއް ނުކުރެވޭނެ ކަމަށެވެ.

މި މައްސަލައިގައި އަބްދުއްލަތީގެ މައްޗަށް ކުރެވުނީ އަދުލުވެރި ޝަރީއަތެއް ނޫން ކަމަށާއި، މިއީ އޭނާއާއި ގުޅުން ހުރި މައްސަލައެއް ނޫންކަން ތަކުރާރުކޮށް ވަކީލު ފާހަގަކޮށްފައިވާކަމަށް ހުކުމުގައި ވެއެވެ. ކޯޓަށް ހާޒިރު ކުރަނީ މައުލޫމާތެއް ސާފުކުރުމަށްކަމަށް އަބްދުއްލަތީފަށް އެންގިއިރު، އޭނާ ހަމައެކަނި ސާފުކޮށްދޭން ޖެހުނީ ޗެކެއް ދޫކުރިކަން ނުވަތަ ނޫނަކަމެވެ. ނަމަވެސް އެ މަރުހަލާގައި އަބްދުއްލަތީފަށް ހުކުމެއް އައިސްދާނެކަމުގެ އެއްވެސް އިޝާރާތެއް ސުޕްރީމް ކޯޓުންކޮށްފައި ނުވާކަމަށް ހުކުމުގައި ވެއެވެ.

މީހަކާއި ނުގުޅޭ މައްސަލައެއްގައި، ދިފާއުވުމުގެ ފުރުސަތެއް ވެސް ނުދީ އެކަމުގައި ވަކި ގޮތެއް ނިންމާފައިވަނީ އިންސާފު ގާއިމު ކުރުމުގައި ގެންގުޅެންޖެހޭ ހަމަތަކަށްވުރެ ދަށް މިންގަނޑަކުން ކަން އެންމެ އާދައިގެ މީހަކު ވެސް ގަބޫލު ކުރާނެކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ، އަމިއްލަ އިސް ނެގުމަށް މައްސަލަތަކުގައި ކަމާނުގުޅޭ މީހުންގެ މައްޗަށް ސުޕްރީމް ކޯޓުން ގޮތް ކަނޑައެޅުން ގާނޫނު ހުއްދަ ނުކުރާކަމަށެވެ. އަދި ހަމަޖެހިފައިވާ އިޖްރައާތުގެ ބޭރުން ކުރާ މިފަދަ ހުކުމްތައް ދަށު މަރުހަލާތަކުން ދެމެހެއްޓުން ވެސް ގާނޫނު ހުއްދައެއް ނުކުރާކަމަށް ބުންޏެވެ.

މިއީ ފާޅުކަން ބޮޑު ގޮތެއްގައި ބޭއިންސާފުން، އަސާސީ ހައްގުތަކުން އަބްދުއްލަތީފް މަހުރޫމްކޮށް. ކޯޓުތަކުގެ އިސްނެގުމަކަށް ކޮށްފައިވާ ކަމެއްކަމުން އަބްދުއްލަތީގެ މައްޗަށް ކުރި ދެ ހުކުމްވެސް ބާތިލު ކުރަންޖެހޭކަން ކޯޓުގެ ހުކުމުގައި ވެއެވެ.

މި މައްސަލައިގައި، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ވަނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ރައުޔުއަށް ތާއީދު ކުރައްވާފައެވެ.

އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ރައުޔުއަށް ތާއީދު ކުރައްވައި ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ “އަދުލު އިންސާފު ގާއިމް ކުރުމުގެ ނަމުގައި ޝަރުއީ ނިޒާމުން ބޭރުން ސުޕްރީމް ކޯޓުގެ ކުރީގެ ބައެއް ފަނޑިޔާރުން ޝަރުއީ ނިޒާމަށް އެއްވެސް ހުރުމަތެއް ނުބަހައްޓަވައި ކުރައްވާފައިވާ އަމަލުތަކަށް ލަދުވެތިވާ” ކަމަށެވެ.

މި މައްސަލަ 2013 ގައި ސުޕްރީމް ކޯޓުގައި ބައްލަވާފައި ވަނީ އޭރުގެ ފަނޑިޔާރު އަބްދުﷲ ސައީދާއި، އަބްދުﷲ އަރީފް އަދި އަލީ މުހައްމަދު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: