ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިނަދޫ މޮނިޓަރިންގެ ހާލަތުން ނަގައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެ، މޮނިޓަރިންގެ ހާލަތަށް ގެނައި ގދ. ތިނަދޫ، އާންމު ހާލަތަށް ގެނެސްފި އެވެ.

އެރަށް މޮނީޓަރިންގެ ހާލަތަށް ފުރަތަމަ ލާފައި ވަނީ އެރަށުން މާލެ ދަތުރުކުރި ދެމީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. ފަހުން އައްޑޫ ކްލަސްޓާ އާއި ގުޅުންހުރި މީހަކު ވެސް ވަނީ އެރަށުން ޕޮޒިޓިވްވެފަ އެވެ.

ތިނަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހު އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ ތިނަދޫ މޮނިޓަރިންގެ ހާލަތުން ނަގާފައި ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 12 މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބަލާއި ނިމިފައިވާތީ އިތުރަށް މޮނިޓަރިންގައި ބާއްވަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: