ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިޔަފާރިތަކަށް 355 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

މިނިސްޓްރީ އޮފް ފިނޭންސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19އާ ގުޅިގެން އަސަރުކުރި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް 355 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 11 ވަނަ ދުވަހާއި ހަމައަށް ސަރުކާރުން ކުދި ފަންތި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކޮވިޑްގެ ސަބަބުން ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް ޖުމްލަ 355.4 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ. މިއީ 2108 ވިޔަފާރިއަކަށް ދޫކޮށްފައިވާ ލޯނުގެ އަދަދެވެ.

މީގެތެރޭގައި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކާއި ވިޔަފާރިތައްވެސް ހިމެނެއެވެ. ގޭގައިތިބެ އަމިއްލަ މަސައްކަތުން އާމްދަނީ ހޯދާ ފަރާތްތަކުގެ އަދަދުވެސް މިހާރު ވަނީ އިތުރުވެފައެވެ. އެގޮތުން މިފަދަ ފަރާތްތަކަށް ސަރުކާރުގެ “ރިކަވަރީ ލޯނު ސްކީމް” ގެ ދަށުން ވަނީ 19.7 މިލިއަން ރުފިޔާ ދޫކޮށްފައެވެ. މިއީ ޖުމްލަ 659 މީހަކަށް ދޫކުރި ލޯނުގެ އަދަދެވެ.

ކުދި ފަންތި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކުރި ލޯނުގެ އެންމެ ބޮޑުބައެއް ހިއްސާކުރަނީ ކާބޯތަކެތި ވިއްކުމުގެ ދާއިރާގެ ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯނެވެ. އެގޮތުން މި ސިނާއަތުގެ 845 ފަރާތަކަށް 201 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. 2 ވަނައަށް އެންމެ ގިނަ އަދަދަކަށް ލޯނު ދޫކުރީ އިމާރާތްކުރުމުގެ ސިނާއަތުގެ ވިޔަފާރިތަކަށެވެ. މި ދާއިރާގެ 204 ވިޔަފާރިއަކަށް 59.4 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. 3 ވަނައަށް އެންމެ ގިނައިން ލޯނު ދޫކުރީ ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކަށެވެ. އެއީ 238 ވިޔަފާރިއަކަށް 55.3 މިލިއަން ރުފިޔާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: