ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިާގެ ޚާރިިޖީ ވަޒީރު ރާއްޖެ ވަޑައިގެންފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިާގެ ޚާރިިޖީ ވަޒީރު ޑރ. ސުބްރަމަންޔަން ޖައިޝަންކަރު ރަސްމީ ދަތުރުފުޅެއްްގައި ރާއްޖެ ވަޑައިގެެންފިއެެވެ.

އެމަނިކުފާނަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުގެ އިތުރުން މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފޮރިން އެފެއާޒް އަޙްމަދު ޚަލީލާއި ފޮރިން ސެކްރެޓަރީ ޢަބްދުލްޣަފޫރު މުހައްމަދާއި ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ ހުސައިން ނިޔާޒެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަވަނީ ދެ ގައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުންތަކެއްގައި ސޮއި ކުރުމަށާއި އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއުތަކެއް އިފްތިތާހު ކުރުމަށް ކަމަށެވެ. އެއީ ކޮން އެއްބަސްވުންތަކެއް ކަމެއް ފޮރިން މިނިސްޓްރީން ހާމައެއް ނުކުރެއެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުގެ އަރިހަށް ޑރ. ޖައިޝަންކަރު އިޚްތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒާއި މިނިސްޓްރ އޮފް ޑިފެންސް އާ ބައްދަލްކުރައްވާނެ ކަމަށާއި، މީގެ އިތުރުން މިނިސްޓަރ އޮފް ފިނޭންސް އާއި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، އާއި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއިއެކު ޖޮއިންޓް މީޓިންގއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް މައުލޫމާތުދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: