ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވެކްސް ފެސިލިޓީގެ ފަރާތުން ރާއްޖެއަށް 100،000 ސިރިންޖު ދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް19 ވެކްސިން ގްލޯބަލް އެކްސެސް (ކޮވެކްސް)އިން ރާއްޖެއަށް 100،000 ސިރިންޖު ދީފި އެވެ.

އެޗްޕީއޭއިން ބުނީ ވެކްސިން ޖަހަން ބޭނުންވާ 100،000 ސިރިންޖު ކޮވެކްސްގެ ފަރާތުން މިއަދު ލިބިފައިވާ ކަމަށެވެ.

ރާއްޖޭގައި މިހާތަނަށް އައިއިރު 75،000އަށް ވުރެ ގިނަ މީހުންނަށް ވަނީ ވެކްސިން ދީފަ އެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާނީ މީހާއަށް ފުރަތަމަ ޑޯޒް ޖަހާތާ އަށް ހަފްތާ ފަހުންނެވެ.

ރާއްޖެއިން މިހާތަނަށް 18،930 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެފައިވާއިރު، އެ ބަލީގައި 60 މީހުން ވަނީ މަރުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: