ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިޔާ ގެއްލުނުއިރު ބަނޑުބޮޑު، ހޯދައި ދިން މީހަކަށް 15 ލައްކަ ރުފިޔާ

ޝެއާރކޮށްލާ ކަހަލަދޯ؟

ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ރ.މާމުނަގައު ރިސޯޓުން ގެއްލުނު އަންހެން ފަތުރުވެރިޔާ ހޯދި މީހަކަށް ނުވަތަ އޭނާ ހޯދުމަށް ބޭނުންވާ ރަނގަޅު މަޢުލޫމާތެއް ދިން މީހަކަށް އެއްލައްކަ ޑޮލަރު ދޭނެކަން އާއިލާ އިން އިއުލާން ކޮށްފިއެވެ.

ކަލީޖް ޓައިމްސްއަށް އޭނާގެ ފިރިމީހާ ދިން އިންޓަވިއުއެއްގައި  ބުނެފައިވަނީ އަނބިމީހާ ހޯދި މީހަކަށް އެއްލައްކަ ޑޮލަރު ހުށައަޅާކަމަށެވެ.

އަދި އެއަންހެން މީހާ ގެއްލުނުއިރު ބަނޑުބޮޑުކަމަށާާާާއި ގެއްލުނުއިރު ބަނޑަށް 8 މަސްވެފައިވާކަމަށް ފިރިމީހާއާއި ހަވާލާދީ އެނޫހުގައި ބުނެފައިވެއެވެ.

އެ އިންޓަވިއުގައި އޭނާގެ ފިރިމީހާ އިތުރަށް ބުނެފައިނީ އަދިވެސް އުންމީދަކީ އޭނާގެ އަންހެނުން ގަދަވެ ސަލާމަތުންް ހުއްޓައި ފެނުންކަމަށެވެ.

އެމްއެންޑީއެފުން ވިދާޅުވީ ސްނޯކްލިން އަށް ދިޔަ އަންހެން ފަތުރުވެރިޔާ ހޯދުމަށް އެމްއެންޑީއެފްގެ ނޯދަން އޭރިއާގެ ޑައިވަރުން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި ކަނޑު އަޑީގެ ސާފޭސް ބެލުމަށް ޑައިވްކޮށްގެން ބަލަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ވަރަށް ގަދަ
4%ވަރަށް ގަދަ 16%ވަރަށް ގަޔާވޭ 4%ބޮޑު ޖޯކެއް 4%ހައިރާންވެއްޖެ 68%ވަރަށް ދެރަ 4%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: