ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުސާރަ ކުޑަވެގެން ޗީފް އޮމްބަޑްސްޕާސަންގެ ސިޓީއެއް މަޖިލީހަށް

ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އޮމްބަޑްސްޕާސަން އޮފީހުގެ ވެރިޔާއަށް ކަނޑައެޅި މުސާރަ ކުޑަވެގެން ޝަކުވާކޮށް ރައްޔިތުންގެ މަޖިލީހުގެ މާޅިއްޔަތު ކޮމިޓީއަށް ސިޓީއެއް ފޮނުވައިފިއެވެ.

ޗީފް އޮމްބަޑްސްޕާސަންއަކަށް އައްޔަންކޮށްފައި ވަނީ ނ. މާފަރު އީޓުޖެހިގެ އަބްދުއްސަލާމް އާރިފް އެވެ.

އޭނާ ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ އޭނާއަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅި 37،500 ރުފިޔާގެ މުސާރައަކީ އެކަށީގެންވާ އުޖޫރައެއް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށާއި އެހެންވެ އެ މުސާރަ ބޮޑުކޮށްދެއްވުމަށް ދަންނަވާ ކަމަށެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން އެ ސިޓީ ދިރާސާ ކުރުމަށް އިއްޔެ ބައްދަލުވުމެއް ވެސް ބޭއްވިއެވެ. އެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު ނާޝިޒް ވިދާޅުވީ އެ މުސާރައަކީ މާލިއްޔަތު ކޮމިޓީއިން ދާދި ފަހަކުން ކަނޑައަޅައި މަޖިލީހުގެ ޖުމުލަ އަޣުލަބިއްޔަތުން ފާސްކޮށްފައިވާ މުސާރައެއް ކަމަށެވެ. އެހެންކަމުން އެ މުސާރަ ބޮޑު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ނާޝިޒް ވިދާޅުވިއެވެ.

ކޮމިޓީގެ މެންބަރުންގެ އިއުތިރާޒެއް ނެތުމުން ނާޝިޒް ނިންމަވާފައިވަނީ މުސާރަ ބޮޑުކޮށްދެވެން ނެތް ކަން ޗީފް އޮމްބަޑްސްޕާސަނަށް އެންގުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 60%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 40%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: