ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާތަނަށް 568 ތަނެއް އިންސްޕެކްޓް ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19އާ ގުޅިގެން ސަބަބުން ޢާއްމު ޚިދުމަތްދޭ ތަންތަން އެޗްޕީއޭގެ މިންގަނޑަށް ފެތޭތޯ ބެލުމަށްޓަކާ ކުރިއަށް ގެންދާ މާސް އިންސްޕެކްޝަންގެ ފަސްވަނަ ބުރުގައި 568 ތަނެއް އިންސްޕެކްޓު ކޮށްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައ އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ޒާމިރު ވިދާޅުވީ މިއަހަރުގެ މިހާތަނަށް 568 ތަނެއް އިންސްޕެކްޓް ކޮށްފައިވާ ކަމަށެވެ. އެއީ ކާބޯތަކެތީގެ ހިދުމަތްދޭ 198 ތަން، ހަތަރު މާރުކޭޓު، ދިހަ ސެލޫން، 12 ޖިމް އަދި 344 ކަންމަތީ ފިހާރައެވެ.

ޒާމިރު ވިދާޅުވީ، ޖުމްލަ ގޮތެއްގައި ގިނަ ތަންތަނުން އެޗްޕީއޭގެ ގައިޑްލައިނަށް އަމަލު ކުރާ ކަމަށާއި ނަމަވެސް ފަރުވާކުޑަވުމުގެ ސަބަބުން ބައެއް ތަންތަނަށް ނޯޓިސް ދޭން ޖެހުނު ކަމަށެވެ. އެގޮތުން 288 ތަނަކަށް ވައިޓް ނޯޓިސް އަދި 37 ތަނަކަށް ރެޑް ނޯޓިސް ދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

“ރެޑް ނޯޓިސްގައި ބަޔާންކުރާ ކަންކަން ރަނގަޅު ނުކުރާނަމަ، ދެން ދާ ބުރުގައި މިހާރު ހުރި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޖޫރިމަނާ ކުރަނީ،” ޒާމިރު ވިދާޅުވިއެވެ.

ޒާމިރު ވިދާޅުވީ، ގައިޑްލައިންތަކާ އެއްގޮތަށް ވިޔަފާރިކުރާ ކަމަށް މިހާތަނަށް ފާހަގަވެފައިވާ 243 ތަނަކަށް ސްޓިކާ ދީފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: