ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

17 ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

17 ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

ޖޭއެސްސީން ބުނެފައިވަނީ 17 ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބެލުމަށް ނިންމާފައިވަނީ ކޮވިޑް-19 ފެތުރެމުންދާތީވެ ސަރުކާރު ބަންދުކުރި މުއްދަތުގައި މެދުކެނޑުމެއްނެތި ރައްޔިތުންނަށް ހިދުމަތް ލިބޭނޭ އިންތިޒާމް ހަމަޖެއްސުމަށް ކަނޑައެޅި އިދާރާތަކުގެ ތެރޭގައި ހިމެނޭ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ހިދުމަތާއި ކޯޓުތަކުގެ ހިދުމަތްތައް މެދުކެނޑުމެއް ނެތި ފޯރުކޮށްދޭން ސުޕްރީމް ކޯޓާއި ޖޭއެސްސީން އާއްމުކުރި ސަރކިއުލާތަކާއި ހިލާފަށް އަމަލު ކުރުމުން ކަމަށެވެ.

އެގޮތުން މި މައްސަލަތައް ތަހުގީގު ކުރަނީ ކޮމިޝަނުން އަމިއްލަ އިސްނެގުމަށް ބަލާ މައްސަލަތަކުގެ ގޮތުގައި ކަމަށް ޖޭއެސްސީން މައުލޫމާތު ދީފައިވެއެވެ.

ސުލޫކީ މައްސަލަ ބަލާ 17 ފަނޑިޔާރުން:

1. ސިވިލްކޯޓުގެ ގާޒި އާދަމް އިބްރާހިމް އިސްމާއީލް

2. ޑްރަގްކޯޓުގެ ގާޒީ ހުސައިން ޝަހާމަތު މާހިރު

3. ޅ. ކުރެންދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް ހުސައިން އިބްރާހީމް

4. ދ. މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ ޝަފީގު

5. ދ. ބަނޑިދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަހްމަދު އާމިރު

6. މ. މުލީ މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް އަހްމަދު ޝަރީފް

7. ކ. ދިއްފުށި މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު އަހްމަދު

8. ކ. ގުޅި މެޖިސްޓްރޭޓްކޯޓުގެ އިސް މެޖިސްޓްރޭޓް ހައްމަދު ނަސީމް އަލީ

9، ލ. ކުނަހަންދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަބްދުލް މަޖީދު

10. ހއ. ހޯރަފުށީ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް މުހައްމަދު ޝަރީފް

11. ނ. ޅޮހީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ހަސަންމަނިކު

12. ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ސަޢީދު ޢަލީ

13. ނ. ހެނބަދޫ މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް އަހްމަދު ޝަރީފް

14. ރ. ވާދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް ނަދީރު މުހައްމަދު

15. ރ. އުނގޫފާރު ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ސާދިގު

16. ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަބްދުﷲ ހަމީދު

17. ރ. ކިނޮޅަސް މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އިބްރާހީމް ޒާހިރު

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: