ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިސާ ކިއުގެ މައްސަލައަށް އަވަސަ ހައްލެއް ހޯދައިދޭނަން: ހައިކޮމިޝަން

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިން އިންޑިއާގެ ވިސާ ހޯދުމަށް އިންޑިއަން ހައި ކޮމިޝަން ދޮށުގައި ކިއު ހަދައިގެން ގިނަވަތު ހުންނަންޖެހޭ މައްސަލަ ހައްލުކޮށް، އެ ހިދުމަތް އޮންލައިން ކުރާނެކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މިއަދު ބުނެފިއެވެ.

އިންޑިއާ ހައި ކޮމިޝަނުން މިއަދު ބުނީ ވިސާ އަށް ފޯމް ހުށަހަޅާ މީހުންނަށް ޓޯކެން ސިސްޓަމްގެ ސަބަބުން ދިމާވެފައިވާ ދަތިތައް ހައި ކޮމިޝަނަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. މެޑިކަލް ވިސާ އަށް ފޯމް ހުށަހަޅާ މީހުންނަށް ޓޯކެން ސިސްޓަމް ސްޓްރީމްލައިންކޮށް ވިސާ ޓޯކެން ސިސްޓަމްގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލު ހޯދައި ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ހައި ކޮމިޝަނުން ބުނެއެވެ.

އަދި ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި ހައްލެއް ލިބިގެންދާނެ ކަމަށް ހައި ކޮމިޝަނުން ބުނެއެވެ.

ސޯޝަލް މީޑިއާގައި ދައުވާ ފޮޓޯތަކުން ފެންނަ ގޮތުގައި އިންޑީއާ ހައިކޮމިޝަން ދޮށުގައި ގިނަ ބަޔަކު އަންނަނީ ރޭގަނޑުގެ ވަގުތުގައި ކިއުޖެހެމުންނެވެ.

އެމީހުން ބުނާ ގޮތުގައި ބޭސްފަރުވާއަށް އިންޑިއާއަށް ދިއުމަށްޓަކައި ވިސާ ހޯދުމަށް ކިއުގައި 12 ވަރަކަށް ގަޑިއިރު ތިބެންޖެހެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: