ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ އަމަލުތައް ގާނޫނާ ހިލާފް، ޖަވާބުދާރީވާންޖެހޭ ވަގުތު އަންނާނެ: ޖަމީލް

ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ޢަމަލުތައް ޤާނޫނާ ޚިލާފް ކަމަށާއި އެ އަމަލުތަކަަށް ޖަވާބުދާރީވާންޖެހޭ ވަގުތު އަންނާނެ ކަމަށް ކުރީގެ ނައިބު ރައީސް އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ މިއަދުގެ އިދިކޮޅު އިޙްތިޖާޖުން ހައްޔަރުކުރެވުނު އިދިކޮޅުގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ(އަދުރޭ) އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަދި އެންމެހާ ޒުވާނުން ވަގުތުން ދޫކޮށްލުމަށް ގޮވާލާފައެވެ

“އަނިޔާކުރުން ހުއްޓާލާ. ފުލުހުންގެ ޢަމަލުތައް ޤާނޫނާ ޚިލާފް. ޖަވާބުދާރީވާންޖެހޭ ވަގުތު އަންނާނެކަން ޔަޤީން” ޖަމީލު ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީން “ކޮބާ މަގޭ ފްލެޓް” ނަމުގައި މުޒާހަރާ ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުން ދަނިކޮށް ގިނަ ޢަދަދެއްގެ ފުލުހުން ޕީޕީއެމްގެ އޮފީސް ކުރިމަތީ އޮފީހަށް މީހުން ވަދެ ނިކުމެ ނޫޅެވޭގޮތަށް ވަނީ ބަންދުކޮށްފައެވެ. އަދި މުޒާހަރާގެ ތެރެއިން ވަނީ ގިނަ ޢަދަދެއްގެ އިދިކޮޅުގެ އިސް ސަފުގައި ހަރަކާތްތެރިވާ މީހުންނާއި، ޢާންމުން ހައްޔަރުކޮށްފައެވެ. އަދި ފުލުހުންގެ ޢަމަލުތަކުން ބައެއް މީހުންނަށް ބޮޑެތި އަނިޔާތަކެއްވެސް ވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ތިޖަވާބުދާރީވާންޖެހޭ ދުވަހެއް މިފސް ގަޑަ
    ކުން ދިވަހަކުވެސް ނުފެންނާނެ ބޮޑިބަތާ ކުޅިމަހާ

Leave a Reply to މާލަތީފް ރައްދު ކެންސަލް

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: