ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޕީއޭއަށް ކުރި އިތުބާރު އެއްކޮށް ގެއްލިއްޖެ: ޝެއިހް އަލީ ޒައިދު

ޝެއިޙު އަލީ ޒައިދު..... ފޮޓޯ: ސަންގު ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް ކުރި އިތުބާރު އެއްކޮށް ގެއްލިއްޖެ ކަމަށް ދީނީ ޢިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ އެމްޑީޕީ މެމްބަރު ޢަލީ އާޒިމްގެ އުފަން ދުވަސް ފާހަގަ ކުރުމަށް މިއަދު މަޖިލިސް އިދާރާގައި ބޭއްވި ކުޑަ ޚަފްލާއެއްގެ ވީޑިއޯއެއް ހިއްސާ ހިއްސާކޮށް ގައިދުރުކަމެއް ނެތް ކަމަށް ބުނެ ކުރި ޓްވީޓަކަށް ޖަވާބު ދެއްވަމުންނެވެ.

ފަހުން އެ ވީޑިއޯ ޓްވީޓު ކުރައްވައި އަލީ ޒައިދު ސުވާލު ކުރައްވާ ވިދާޅުވީ އެއީ ތިން ފޫޓު ދުރުގައި ޤަވާއިދާ އެއްގޮތަށް ބޭއްވުނު ޕާޓީއެއް ތޯއެވެ.

“އަޅުގަނޑު އެޗްޕީއޭ އަށް ކުރި އިޚްތިރާމް ގެއްލިއްޖެ. ދެން ވެސް ބުނާނީ ކޭސްތައް ބޮއްސުންލީ މިސްކިތާ ގުޅިގެން ކަމަށްތޯ؟” އެޗްޕީއޭ ޓެގް ކުރައްވާ ޒައިދު ސުވާލު ކުރައްވާފައިވެއެވެ.

މިހާރު ސޯސަލް މީޑިއާގައި ދައުރުވަމުން އަންނަ ވިޑީއޯއިން ފެނިގެން ދަނީ ރައްޔިތުންގެ މަޖިލީސް އިދާރާގެ ތެރޭގައި 20 މެމްބަރުން ހިމެނޭ ގޮތަށް ގައިދުރު ކަމެއް ނެތި، އަލީ އާޒިމްގެ އުފަން ދުވަސް ފާހަގަ ކުރާ މަންޒަރެވެ.

މި ވީޑީއޯއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީ އަދި ޕީޕީއެމް ބައެއް މެމްބަރުންވެސް ފެނިގެންދެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: