ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުރަށް ފައިސާ ނުލިބި އިންތިހާބު ނުބޭއްވޭނެ: ޝަރީފު

އީސީގެ ރައީސް އަހުމަދު ޝަރީފު-- ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

އިތުރަށް ބޭނުންވާ ފައިސާ ނުލިބި އިންތިހާބު ނުބޭއްވޭނެކަމަށް އިލެކްޝަން ކަމިޝަން (އީސީ)ގެ ރައިސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި މިއަދު ވާހަކަފުޅު ދައްކަވަމުން ޝަރީފު ވިދާޅުވީ އިންތިހާބު ބޭއްވުމަށް ހިނގާ ހަރަދު ބޮޑުވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑުލައިންނާއި އެއްގޮތަށް ލޯކަލް ކައުންސިން އިންތިހާބު ބާއްވާތީ ކަމަށެވެ.

އަދި އެކަމަށް ބޮޑު ހަރަދެއް ހިނގާ އިރު އެފައިސާ ނުލިބި އިންތިހާބު ނުބޭއްވޭނެކަމަށެވެ.

ޝަރީފު ވިދާޅުވީ އެންމެ ބޮޑު ހޭދައެއް ހިނގަނީ ވޯޓުލާ މަރުކަޒުގެ ކަންކަން އެޗްޕީއޭގެ ގައިޑުލައިންނާއި އެއްގޮތަށް ކުރުމަށް ކަމަށެވެ.

އެގޮތުން ކޮންމެ ވޯޓުލާ މަރުކަޒަކަށް އިތުރަށް ތިން އޮފިޝަލުން ނަގަން ޖެހޭކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ދައުލަތުން ކަނޑައަޅާފައިވަނީ 51 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް އެޗްޕީއޭގެ ގައިޑުލައިނާއި އެއްްގޮތަށް އިންތިާބު ބާއްވަން އިތުރު 42 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް ޝަރީފު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: