ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނަސްގެ މަރުގެ މައްސަލާގައި ފޯނަކުން ހެކި ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން: ރައީސް

އަނަސްއަށް ހަމަލާދީފައިވަނީ، ލިޓަސް ސާވިސް ސެންޓަރ ތެރޭ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ހުންނަ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި 2017 ވަނަ އަހަރު މަރާލާފައިވާ ރ. މީދޫ ފެންފިޔާޒްގޭ މުޙައްމަދު އަނަސްގެ މަރުގެ މައްސަލާގައި ފޮރިންސިކް އެވިޑެންސްއަށް ފޯނަކުން މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙު ވިދާޅުވެއްޖެއެވެ.

ރޭ އޮންލައިންކޮށް ބޭއްވި އެމްޑީޕީގެ ރަށްވެހި ފަތިސް ކެމްޕޭން ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ ރ. މީދޫގެ ކެންޑިޑޭޓުންނާ ވާހަކަ ދައްކަވަމުން އަނަސްގެ މަރުގެ މައްސަލައާ ގުޅޭ ގޮތުން ފަހުގެ މައުލޫމާތު ދެއްވައިފަ އެވެ. އެމަނުފާނު ވިދާޅުވީ، އެމަނިކުފާނު އުފެއްދެވި، މަރުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން އަނަސްގެ މަރާ ގުޅިގެން ހިންގާ ތަހުގީގު މިހާރު ނިމުމަކާ ގާތްވެފައިވާ ކަމަށެވެ.

“ހަމައެކަނި ފޮރިންސިކް އެވިޑެންސްއަށް ބޭރަށް ފޮނުވަން ޖެހޭ އެންމެ އެއްޗެއް އެބައޮތް. އެ ފޮނުވުމުގެ މަސައްކަތް އެ ގެންދަނީ. އަޅުގަނޑު ހިތުން ފޯނެއް މި އުޅެނީ ފޮރިންސިކް އެވިޑެންސްއަށް ފޮނުވަން ޖެހޭ. އެހެންވީމަ އެ ފޯނު ފޮނުވާ ސިންގަޕޯއިން ހޯދަން ޖެހޭ މައުލޫމާތު ހޯދުމަށް ފަހު އެންމެ ފަހުގެ މައުލޫމާތު އިރާދަކުރެއްވިއްޔާ އަނަސްގެ މަރާ ގުޅިގެން ކޮމިޝަނުން ނެރޭނެ.” ރައީސް ސޯލިހު ވިދާޅުވިއެވެ.

އަނަސް މަރާލާފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ސައިކަލުތަކެއްގައި އައިބަޔަކަށް ފިލަން އޭނާ ދުވެފައިގޮސް ހެންވޭރު ލިޓަސް ގަރާޖަށް ވަނުމުން ބިންމައްޗަށް ވައްޓާލުމަށްފަހުގައެވެ. އަނަސްގެ ހަށިގަނޑުގެ 25 ތަނަކަށް ޙަމަލާދީފައިވާއިރު އަނަސް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ފުލުހުންވަނީ ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: