ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނަސްގެ މަރުގެ މަތީން ހަނދާން ނައްތައެއް ނުލެވޭނެ، އެ ހާދިސާ ދެވަނަ ޒުވާނަކަށް ދިމާވާން ބޭނުމެއް ނޫން: ރައީސް

ރ. މީދޫ، މުހައްމަދު އަނަސް: އަނަސްއަށް ހަމަލާދީފައިވަނީ، ލިޓަސް ސާވިސް ސެންޓަރ ތެރޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ތޫނު އެއްޗަކުން ހަމަލާދީ ލިޓަސް ސާވިސް ސެންޓަރު ތެރޭގައި މަރާލި ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ ޝަރީއަތުގެ މަރުހަލާތައް ކުރިޔަށް ދާކަމަށާއި ދިވެހި އެއްވެސް ރައްޔިތަކު އެފަދަ ހާއްދިސާއެއް ދެވަނަ ފަހަރަށް ތަކުރާރުވާން ބޭނުން ނުވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ، އަނަސް މަރާލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ ލ. ގަން، ނަންނާރިގެ ޖުނައިހު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި ޅ. ކުރެންދޫ އަސަރުމާގެ އަހުމަދު ޒަޔާނާއި މ. ދިމިޝްގު އުސްމާން ޝަރީފާއި މ. ލޮނުމިދިލިގެ އަފްރާހު އަބްދުލްރަހްމާން އަދި ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ސާޒްގެ މައްޗަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީއަށް ރ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު މީދޫއަށް ވަޑައިގެން ރައީސް ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އަނިޔާވެރިކަން ދިވެހިން އިޔާދަ ކުރުމަށް ބޭނުން ނުވާކަމަށް ވިދާޅުވެފަ އެވެ. އަދި އެ ހާލަތު ގެންނަން ބޭނުން ނުވާނަމަ، ޕްރައިމެރީގައި އެމަނިކުފާނަށް ވޯޓު ދެއްވުމަށް ރައީސް އެދިވަޑައިތެވެ.

މިރޭގެ ޖަލްސާގައި ރައީސް ވަނީ ރައީސް ޔާމީންގެ ސަރުކާރަކީ އަނިޔާވެރި ސަރުކާރެއްގެ ގޮތުގައި ފާހަގަކޮށް، ގޮތް ނޭނގޭ ގިނަ މަރުތަކެއް ހިނގި ދައުރެއްކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އޭގެ ތެރެއިން އެ ހާދިސާ އަނަސްއަށް އިންސާފު ހޯދައިދޭނެކަން މިރޭ ވެސް ރައީސް ތަކުރާރު ކުރެއްވި އެވެ. މީގެ ކުރިން ބޭއްވި އެކި ޖަލްސާތަކާއި، 2018 ގެ ކެމްޕެއިނުގައި ރައީސް ވަނީ އަނަސްއަށް އިންސާފު ހޯދައިދޭނެކަމުގެ ޔަގީންކަން އާއިލާއަށް ދެއްވާފަ އެވެ.

މިރޭގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އަނަސްގެ މަރަކީ އެއީ ހަނދާން ނައްތާލެވޭނެ ހާދިސާއެއް ނޫންކަމަށެވެ. އަދި އެފަދަ ދެވަނަ ހާދިސާއެއް އެއްވެސް ޒުވާނަކަށް ދިމާވުމަށް އެއްވެސް ދިވެހި ރައްޔިތަކު ނޭދޭނެކަން ފާހަގަކޮށް ރައީސް ވިދާޅުވީ މީގެ ފަސް އަހަރު ކުރީން ރާއްޖެ އޮތް ހާލަތަށް ބޭނުން ނުވާ ސަބަބަކީ އެއީ ކަމަށެވެ.

”އަނަސްގެ މަރުގެ މަރު.. އެއީކީއެއް ހަނދާން ނައްތާލެވޭނެކަމެއް ނޫން.. އެފަދަ ދެވަނަ ހާދިސާއެއް އެއްވެސް ޒުވާނަކަށް ކުރިމަތިވުމަކީ އަޅުގަނޑުމެން އެދޭނެކަމެއް ނޫން.. އެ ސަބަބަށްޓަކައި އަޅުގަނޑުމެން އެނބުރި އެ ހާލަތަށް ދާން ބޭނުން ނުވަނީ“ ރައީސް

ރައީސް ވިދާޅުވީ އަނަސް މަރާލި މައްސަލައިގައި 08 މީހެއްގެ މައްޗަށް ކޯޓުގައި ޝަރީއަތް ހިނގަމުން ދާކަމަށެވެ. އަދި އޭގެ ތެރެއިން އެކެއްގެ މައްޗަށް ހައިކޯޓު މަރުހަލާގައި ކުށް ސާބިތުވެފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.

”އެ ދުވަސްވަރު ހިނގާފައި ހުރި މަރުތަކާއި، ގެއްލުވާލާފައިވަ މީހުންގެ މައްސަލަތައް ބަލައި ތަހުގީގު ކުރުމަށްޓަކައި އަޅުގަނޑުމެން ހާއްސަ ކޮމިޝަނެއް އުފެއްދިން.. އެ ކޮމިޝަނުން މިހާރު ވެސް އެ މަސައްކަތް ކުރަމުން އެބަދޭ… ނަމަވެސް އެ މައްސަލައަކީ ކޯޓުގައި އޮތް މައްސަލައަކަށް ވާތީ ނުފޫޒު ނުފޯރާނެ ގޮތަށް ވަރަށް ކައިރިން ބަލަމުން ތަހުގީގު ކުރަމުން އެބަ ގެންދޭ.. އިރާދަކުރެއްވިއްޔާ ކަން ހިނގައިދިޔަ ގޮތް އަޅުގަނޑުމެންނަށް ސާފުވެގެން ދާނެ“ ރައީސް

މި މައްސަލައިގައި ދައުވާކޮށްފައިވާ މީހުންގެ ތެރެއިން، ސާޒު އާއި ޖުނައިހު އާއި މަހްފޫޒު އަދި ސިމާހުގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ ހަތަރު މީހުންނަކީ އަނަސްއަށް ހަމަލާ ދިންމީހުން ގޮވައިގެން ސައިކަލްތަކުގައި އައި މީހުންކަމަށް ދައުލަތުން ވަނީ ބުނެފައެވެ. އަނަސް އަށް ހަމަލާ ދީފައިވަނީ ޒަޔާނާއި އަފްރާހު އަދި އުސްމާން ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. އެ ތިން މީހުންގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

ހަމަލާ ދިނުމަށް ބަޔަކު އަނަސްއަށް ފާރަލާން ފެށުމުން، ސަލާމަތްތެރިކަން ހޯދުމަށް އަނަސް ދުވެފައި އައިސް ވަނީ ލިޓަސް ސާވިސް ސެންޓަރަށެވެ. އަދި އެ މީހުން އަނަސްއަށް ހަމަލާ ދިނީ އެ ސެންޓަ ރުތެރޭގައެވެ. އެ މީހުން އަނަސްއަށް ހަމަލާ ދީ ދުވެ ފިލާފައި ވަނީ އަނަސްގެ ގައިގެ 24 ތަނަކަށް ވަޅި ޖެހުމަށް ފަހުއެވެ.

މި މައްސަލައިގައި ދައުވާ ލިބޭ 07 މީހުން ވެސް ދައުވާއަށް އިންކާރު ކުރެ އެވެ. އަނަސްއަށް ހަމަލާ ދެނިކޮށް އާއްމުވި ވީޑިއޯއިން ފެންނަ ގޮތުގައި ގުރޫޕަކުން ތޫނު ހަތިޔާރާއި އެކު ލިޓަސް ސެންޓަރު ތެރެއަށް ވަދެ އަނަސްގެ ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާ ދީފައި ވެއެވެ. ލިސްޓަސް ސެންޓަރުގެ ތެރެއަށް އަނަސް ދުވެފައި ގޮސް ވަދެފައި ވަނީ އެ މީހުން އޭނާ ފަހަތުން ދުވެފައި ދިއުމުން އަމިއްލަ ސަލާމަތްތެރިކަން ހޯދުމަށެވެ. އޭނާއަށް ހަމަލާ ދޭ ވަގުތު ތަނުގެ ތެރޭގައި އެހެން ބަޔަކު ވެސް ތިބެ އެވެ.

ވީޑިއޯއިން ފެންނަ ގޮތުގައިި އަނަސްއަށް ހަމަލާ ދިން އެންމެން ތިބީ މޫނު ފޮރުވައިގެންނެވެ. އަނަަސް މަރުގެ މައްސަލައިގައި ފަހުން ހާމަވި ގޮތުގައި، ހަމަލާ ދިން މީހުންގެ އަމާޒަކީ އޭނާއެއް ނޫނެވެ. ނަމަވެސް އެ ދުވަހު އެ މީހުން ފާރަލަމުން ދިޔަ މީހާ އާއި އަނަސް އާއި އެއް ވައްތަރެއްގެ ޓީޝާޓެއްގައި ހުރުމުން ހަމަލާ ދިން މީހުން އަނަސް އާއި އެ މީހަކާއި އޮޅުނީކަމަށް ވެއެވެ.

އަނަސްގެ މަރުގެ މައްސަލައިގައި 2017 ގައި ބޭއްވި ޕްރެސްއެއްގައި ފުލުހުން ބުނީ އަނަސްއަށް ބަޔަކު ހަމަލާ ދިނީ އެހެން މީހަކުކަމަށް ހީކޮށް އޮޅިގެން ކަމަށެވެ. އަނަސް އެރޭ ލިޓަސް ސެންޓަރު ކައިރިޔަށް ދިޔައީ އެއީ އޭނާ ކުރިން މަސައްކަތް ކުރި ތަނަކަށް ވާތީ ރަހުމަތްތެރިންނާއި ބައްދަލުކުރުމަށްކަމަށް ފުލުހުން ބުންޏެވެ. އަދި އަނަސްއަށް ހަމަލާ ދިން މީހުން އެތަނަށް ދިޔައީ އެ މީހުން ފަރާލަމުން ދިޔަ މީހާ އެތަނުގައި ހުރިކަމުގެ މައުލޫމާތު ލިބިގެންކަމަށް ފުލުހުން ބުންޏެވެ.

މައްސަލައިގެ ޝަރީއަތްތައް އަދިވެސް ކޯޓުގައި ކުރިޔަށް ދާއިރު، ކުށް ސާބިތުވެފައި ވަނީ އޭރު 18 އަހަރު ނުވާ ކުއްޖާއަށެވެ. އެއީ ހައިކޯޓުގެ އިސްތިއުނާފު މަރުހަލާއިންނެވެ. މިހާރު އޭނާގެ އުމުރުން 21 އަހަރު ނަމަވެސް، ޝަރީއަތާއި ބެހޭ ތަފްސީލެއް ކޯޓުން ހާމައެއް ނުކުރެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އަނަސްގެމަރައްފަހުކިތައްއަހަރުވެއްޖެބާތިޔަކީއިންސާފުލިބުމެއްނޫންދިގުވެގެންސަރީއަތްނިއްމަންދެމަސްދުވަސްވެގެންނުވާނެމީހަރެންގެވާހަކަ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: