ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީރުން ކަމުނުދާނަމަ ވަކިކުރަންވާނީ ރީތިކޮށް، މަޖިލިސް އިން “ނޮޅަން” ދޫނުކުރޭ: ދިޔާނާ

ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު/ ފޮޓޯ: އައްޑޫ ލައިވް
ޝެއާރކޮށްލާ ކަހަލަދޯ؟

ވަޒީރުން ކަމުނުދާނަމަ ވަކިކުރަންވާނީ ރީތިކޮށް ކަމަށާއި މަޖިލިސް އިން “ނޮޅަން” ދޫނުކުރެއްވުމަަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ މިހެން ވިދާޅުވީ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމުން މުހައްމަދު މަލީހު ޖަމާލު ދުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ.

އެ މައްސަލާގައި ޖަވާބުދާރީވުމަށް މަޖިލީހަށް އިއްޔެ ހާޟިރުވުމުން އެމަނިކުފާނަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބިރުދައްކާފައިވާކަމަށް މަލީހް ވަނީ ތުހުމަތު ކުރައްވާފައެވެ.

މިކަމާ ގުޅިގެން ދިޔާނާ ވިދާޅުވީ މަލީހް އޮއްގާ އުއްކަވަނީ ނުބައި ރައީސަކަށް ކަމަށާއި ރައީސް ނަޝީދުގެ ކެބިނެޓުގަައި މަލީހް އިންނެވި ނަމަ އޭނާ ދިފާއު ކުރެއްވުމަަށް ހުރިހާ ގަލެއް ފުރޮޅުވީސްކަން ކަށަވަރު ކަމަށެވެ.

“ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަންތައް ކުރެއްވި ގޮތް ހުތުރު. ވަޒީރުން ކަމުނުދާ ނަމަ ވަކިކުރައްވަން ވާނީ ރީތިކޮށް. މަޖިލިސް އަށް ނޮޅަން ދޫނުކުރައްވާ.” ދިޔާނާ ވިދާޅުވިއެވެ.

މަލީހު ވަޒީރުކަމުން ވަކިކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 59 މެމްބަރުންގެ ވޯޓުންނެވެ. އެދުވަހު މަޖްލިސްއަށް ޖަވާބުދާރީވުމަށް ވަޑައިގެންވެސް މަލީހު ވަނީ މަޖްލިސްގެ ރައީސަށާއި މެމްބަރުންނަށް ބަހުގެ ހަމަލާ ދެއްވާފައެވެ. އޭގެ ފަހުން ޓްވިޓާގައި މަލީހު އަންނަނީ މަޖްލިސްގެ ރައީސަށާއި މެމްބަރުންނަށް ފާޑު ކިޔަމުންނެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: