ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓޭންޑް ބަދަލުކުރުމަކީ ރާއްޖޭގެ ޕޮޒިޝަނަށް އަސަރުކުރާނެ ކަމެއް: ދިޔާނާ

ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

މޮރިޝަސް އިން ރާއްޖެއާއި ދެކޮޅަށް ދައުވާކޮށްފައިވަނިކޮށް ރާއްޖޭގެ ސްޓޭންޑް ބަދަލުކޮށް މޮރިޝަސް ކޮޅަށް އެރުމަކީ ރާއްޖޭގެ ޕޮޒިޝަން ވީކްވެ ޕޮޒިޝަނަށް އަސަރުކުރާނެ ކަމެއް ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

“ސަންގު” ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ދިޔާނާ ވިދާޅުވީ ޗާގޮސްގެ މައްސަލައިގައި ރާއްޖެއިން މޮރިޝަސް ކޮޅަށް އެރުމުގެ ސަބަބުން ރާއްޖޭގެ ޕޮޒިޝަން ބަދަލުވާ ސަބަބަކީ ބައިނަލް އަގްވާމީ ގާނޫނުގައި ވެސް ގޮތް ކަނޑައެޅި ނިމިފައި ނުވާ މައްސަލަތަކުގައި ގޮތް ނިންމައި ކަންކަން ކަނޑައެޅުމުގައި ހުށަހަޅާފައިވާ މައްސަލައިގައި ދެކޮޅު ހަދާފައިވާ ގޮތަށް ނުވަތަ މައްސަލައިގައި ޕްރޮޓެސްޓް ކޮށްފައިވޭތޯ ބަލާ ކަމަށާއި އެކަމަކީ ބަލާ އުންސުރެއް ކަމަށެވެ.

ޗާގޮސްގެ އައްސޭރި ފަށުން އެމީހުން 200 ނޯޓިކަލް މޭލު ދަމާލުމުން ރާއްޖެއާ ދެމެދު ފުށުއަރާ ސަރަހައްދެއް ހިމެނޭ ކަމަށް ދިޔާނާ ވިދާޅުވިއެވެ. އަދި އެ ސަރަހައްދުގެ ބޮޑުމިން ސީދާ ކަނޑައެޅިގެން ނޭނގުނު ނަމަވެސް ބައެއް ލިޔުންތަކުގައި އެއީ 90،000 އަކަ ކިލޯމީޓަރުގެ ފުށުއެރުމެއް ކަމަށް ބަޔާންކޮށްފައިވާ ކަމަށް ވެސް ދިޔާނާ ވިދާޅުވިއެވެ. އެހެންް ކަމުން އެ ސަރަހައްދު ބެހުމުގެ މައްސަލަ އަކީ ޓްރައިބިއުނަލްގައި ކުރިއަށްދާ މައްސަލައިގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ދިޔާނާ ވިދާޅުވިއެވެ.

ޗާގޮސްގެ މައްސަލައިގައި ދިވެހިރާއްޖެ އިން ފުރަތަމަ ބުނެފައިވަނީ އެ މައްސަލަ އަކީ އީއީޒެޑް ބެހުމުގެ މައްސަލަ އަކަށް ވުރެ ބޮޑަށް މޮރިޝަސް އިން ޗާގޮސްގެ ސިޔާދަތުގެ މައްޗަށް އުފުލާފައިވާ ދައުވާ ކުރިއަށް ގެންދިއުމަށް ހުށައަޅާފައިވާ މައްސަލައެއް ކަމަށެވެ. އެހެންކަމުން އެމައްސަލަ އަކީ ޗާގޮސްގެ ސިޔާދަތީ ބާރު މޮރިޝަސްގެ މައްޗަށް ހޯދުމަށް ވަލުދޮރާށިން ހުށައަޅާފައިވާ މައްސަލަ އެއް ކަމަށް ރާއްޖެއިން ބުނެފައިވާ ކަމަށް ދިޔާނާ ވިދާޅުވިއެވެ.

ދެވަނަ މައްސަލަ އެއްގެ ގޮތުގައި ދިޔާނާ ފާހަގަ ކުރެއްވީ ކޮންޓިނެންޓަލް ޝެލްފް ބެހުމުގެ މައްސަލަ އެވެ. އަދި ތިންވަނަ ކަމަކަށް އޮތް މައްސަލަ އަކީ ކުރިން ބަޔާން ކުރެވި ދިޔަ ދެ މައްސަލަ އާއި ގުޅިގެން ދިވެހިރާއްޖެއިން ނެގި ޕްރލިިމިނަރީ އޮބްޖެކްޝަން އެއްގެ އިޝޫ ކަމަށް ދިޔާނާ ވިދާޅުވިއެވެ.

ދިވެހިރާއްޖެއިން ނެގި ޕްލިރިމިނަރީ އޮބްޖެކްޝަން އަކީ އެ މައްސަލަ މޮރިޝަސް އަށް ޓްރައިބިއުނަލް އަށް ހުށަނޭޅޭނެ ކަމަށް ބުނުން ކަމަށާއި، އެކަމުގައި މޮރިޝަސް އަށް ޗާގޮސްގެ މައްޗަށް  ގާނޫނީ ސިޔާދަތު ނެތުމުގެ ސަބަބުން އެމައްސަލަ ހުށައެޅުމަށް މޮރިޝަސް އަށް  ހައިސިއްޔަތު ނެތް ކަމުގައި ރާއްޖެއިން ވަނީ ބުނެފައި ކަމަށް ދިޔާނާ ވިދާޅުވިއެވެ.

ދިޔާނާ ވިދާޅުވީ ރާއްޖޭގެ އޮބްޖެކްޝަން ރޫލްކޮށްފައިއޮތީ ރާއްޖެއާއި ދެކޮޅަށް ކަމަށާއި ނަމަވެސް އެމައްސަލަ ޓްރައިބިއުނަލްގައި ކުރިއަށްދާ ކަމަށެވެ.

ދިޔާނާ ވިދާޅުވީ މީގެ ކުރިން ދިވެހިރާއްޖެއިން ނެގި ސްޓޭންޑަކީ މޮރިޝަސްގެ ސިޔާދަތު ޗާގޮސްގެ މައްޗަށް ހިނގާ ކަން ބަލައިނުގަތުން ކަމަށެވެ. ނަަމަވެސް މައްސަލަ ކުރިއަށްދަނިކޮށް ދިވެހި ސަރުކާރުގެ ސްޓޭންޑާއި ފެއަށްޖެހި މޮރިޝަސްގެ ސިޔާދަތު ބަލައިގަނެފި ކަމަށް ބުނެފައިވާ ކަމަށް ދިޔާނާ ވިދާޅުވިއެވެ.

ދިޔާނާ ވިދާޅުވީ ރާއްޖޭގެ ސްޓޭންޑް ބަދަލު ކުރުމާއެކު އާއްމުންގެ ކަންބޮޑުވުމާއި އޮޅުންތައް އެކަމުގައި އަރާފައިވާ ކަމަށެވެ.

ދިޔާނާ ވިދާޅުވީ އައިސީޖޭ އިން އެޑްވައިޒަރީ އިޝްތިޝާރެއް އެރުއްވުމުން އެކަމަށް ވަގުތުން އަމަލު ކުރަން ޖެހޭތޯ ނުވަތަ ނޫންތޯ އެއީ ތަފާތު ސުވާލެއް ކަމަށެވެ.

ދިޔާނާ ވިދާޅުވީ ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން ވަނީ ދައުވާއެއް ކޮށްފައިކަމަށެވެ. އަދި އެ ދައުވާގެ ސަބަބުން ރާއްޖޭގެ އިގްތިސާދުގެ ނުރައްކާތެރިކަމާއި ބެހޭ ސުވާލު މަތިވެފައިވާ ކަމަށް ދިޔާނާ ވިދާޅުވިއެވެ.

ދިޔާނާ ވިދާޅުވީ ރާއްޖޭގެ ސަރަހައްދާއި ހާއްސަ އިގްތިސާދީ ސަރަހައްދަކީ ދޭއްޗެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ ސަރަހައްދަކީ ރާއްޖޭގެ ކަނޑުގެ އައްސޭރިފަށުން ފެށިގެން ކަނޑުގެ ސަރަހައްދުން ބޭރަށް 12 ނޯޓިކަލް މޭލު ބޭރަށް ޖައްސާލުމުން އެ ދެމެދުގައިވާ ކަނޑާއި ވަޔާއި އެއްގަމާއި އެދެމެދުގައިވާ އެންމެހައި ތަކެތ ކަމަށާއި އެއީ ރާއްޖޭގެ ސަރަހައްދު ކަމަށް ދިޔާނާ ވިދާޅުވިއެވެ،

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: