ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖާބިރު އާއި ދިޔާނާ ވަރިވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އާއި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވަރިވެއްޖެއެވެ.

ދިޔާނާ މިކަން ހާމަކުރެއްވީ 2023 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި ޕްރޮފެސަރ ހަސަން އުގައިލް ވާދަކުރެއްވުމުގެ ކުރިން ރާއްޖެއަށް އެކަށޭނަ ޚިދުމަތެއް ކޮށްދެއްވަން ޖެހޭކަމުގައި އޭނާ ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެން މީހަކު ޓުވިޓާގައި ކުރި ކޮމެންޓަކަށް ރައްދު ދެއްވަމުންނެވެ. މީހަކު ޓުވިޓާ މެދުވެރިކޮށް ބުނެފައިވަނީ ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވާ ވިޔަފާރިވެރިއެއްގެ އަންހެނުންވެސް އުގައިލްއާއި ދެކޮޅުކަމަށެވެ. އަދި ލަނޑަޔާ ވާނީ ލަނޑަޔާއަށްކަމަށްބުނެ ފާޑު ވިދާޅުވެފައެވެ.

އެ ޓްވީޓަށް ރައްދު ދެއްވައި ދިޔާނާ ވިދާޅުވީ އޭނާއަށް އެބަސް ރައްދުނުކުރެވޭނެ ކަމަށާއި، އޭނާއަކީ އެއްވެސް މީހެއްގެ އަންބެއް ނޫން ކަމަށެވެ.

“ތިޔަބަސް އަޅުގަނޑަށް ރައްދުނުކުރެވޭނެ. އަޅުގަނޑަކީ އެއްވެސް މީހެއްގެ އަންބެއް ނޫން” ދިޔާނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: