ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރީފް، އިދިކޮޅަށް: ދުލެއް ދެއްވާފަ އޮތަސް ކަމުގެ ހަގީގަތް ނުބަލާ ދޮގު ނުފެތުރާ!

އީސީގެ ރައީސް އަހުމަދު ޝަރީފު-- ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކަންކަން އޮޅުވާލަން އިލެކްޝަންސް ކޮމިޝަނު (އީސީ) އިން ނޫޅޭ ކަމަށް އެ ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ވަގަށް ނަގަން އިލެކްޝަންސް ކޮމިޝަނުން އުޅޭ ކަމަށް އިދިކޮޅުން ތުހުމަތުކުރުމާ ގުޅިގެންނެވެ.

އިދިކޮޅުގެ މި ވާހަކަތަކާ ގުޅިގެން ޝަރީފް ވިދާޅުވީ ދުލެއް ދެއްވާފައި އޮތަތީ ކަމުގެ ހަގީގަތް ބަލާލުމެއް ނެތި ދޮގު މައުލޫމާތު ނުފެތުރުމަށް އެދޭ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ގައިޑްލައިނަށް ލުއި ހޯދަން މަސައްކަތް ކުރަމުންދަނީ އޮންލައިންކޮށް ރެޖިސްޓްރޭޝަނަށް މަގުފަހި ކުރަން ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް މި މޭރުމުން ޓްވީޓް ކުރައްވާފައިވާއިރު، އިދިކޮޅުން އަންނަނީ އިންތިހާބު އޮޅުވާލަން އުޅޭ ކަމަށްބުނެ އީސީ އަށް ބޮޑެތި ތުހުމަތު ތަކެއް ކުރަމުންނެވެ.

އިންތިހާބު ވަގަށް ނަގަން އީސީން އުޅޭ ކަމަށް އިދިކޮޅުން ތުހުމަތު ކުރާއިރު، އެ ފަރާތްތަކުން މީގެކުރިން ވަނީ ޝަރީފާއެކު އިންތިހާބަށް ނުދާނެ ކަމަށާއި ޝަރީފަށް ވުރެ އީސީގެ ރައީސްކަމަށް ރަނގަޅީ ފުއާދު ތައުފީގު ކަމަށްވެސް ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: