ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމީ ޔުނިވާސިޓީން ޑރ. އިޔާޒު ސަސްޕެންޑުކޮށްފި

ޑރ. މުހައްމަދު އިޔާޒް--
ޝެއާރކޮށްލާ ކަހަލަދޯ؟

ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި އަދާކުރަމުންދާ ވަޒީފާއިން ސަސްޕެންޑް ކޮށްފިއެވެ.

ޑރ.އިޔާޒު ސަސްޕެންޑް ކުރީ 14 ދުވަހުގެ މުއްދަތަކަށެވެ. އެގޮތުން އިޔާޒު ސަސްޕެންޑްކުރީ އޭނާ ސޯޝަލް މީޑިއާގައި ކުރެއްވި ޓްވީޓުތަކެއްގެ މައްސަލަ ބަލައި ތަހުގީގުކޮށް ނިމެންދެންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޑރ.އިޔާޒު ސަސްޕެންޑް ކޮށްފައިވަނީ ސޯޝަލް މީޑިޔާގައި ފާޅުކުރަމުންދާ ޚިޔާލު ތަކާއި ގުޅިގެންނެވެ. ޑރ.އިޔާޒަށް ވަނީ ސޯޝަލް މިޑީޔާގައި ދައްކަވާ ވާހަތަކާއި ގުޅިގެން ގައުމީ ޔުނިވާސިޓީން ތަފާތު އެކި ފަހަރުމަތީން ފިޔަވަޅު އަޅާނެކަމަށް އަންގާފައެވެ.

މިކަންކަމާއި ގުޅިގެން ޑރ.އިޔާޒު ވިދާޅުވެފައިވަނީ ވަކި ބައެއްގެ ނުފޫޒާއިއެކު ވަޒީފާގެ ބިރުދައްކައިގެން ފާޅުކުރަމުންދާ ޚިޔާލުތަކާއި، ދައްކަވާ ވާހަކަތައް ހުއްޓުވާނުލެވޭނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: