ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޅުގަނޑުމެންގެ މަސައްކަތް ނިންމާނީ ގައުމު އަނބުރާ ދިވެހިންނަށް ހޯދައިދީފަ: އަދުރޭ

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކްރިމިނަލް ކޯޓު ސަރަހައްދުގައި ވާހަކަ ދައްކަވަނީ / ފޮޓޯ: ދަ ޕްރެސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މަސައްކަތް ނިންމާނީ ގައުމު އަނބުރާ ދިވެހިންނަށް ހޯދައިދީފައި ކަމަަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ ވިދާޅުވެއްޖެއެވެ.

އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިދިކޮޅުން މާލޭގެ މަގުތަކަށް އެއްވެ ކުރަމުންދާ މަސައްކަތް ނިންމާނީ ސުލްޙަވެރިކަން ގާއިމުކޮށް ޢަދުލު އިންޞާފު ކަށަވަރުކޮށްދީ، ރައީސް އަބްދުﷲ ޔާމީން މިނިވަންކޮށް އަނބުރާ ވެރިކަމަށް ގެނެސްފައި ކަމަށެވެ.

“ހައްޔަރު ކުރާނެ ވަރަކަށް ކުރަންވީ. ފަހަތަށްޖެހުމެއްނެތް. ޕީޕީއެމް/ޕީއެންސީ ދާނީ ގައުމައިގެން ކުރިއަށް.” އަދުރޭ ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން މާލޭގެ މަގުތަކުގައި ކުރިއަށް ގެންދާ މުޒާހަރާ މިރޭވެސް ކުރިއަށް ގެންދާނެކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ.

މުޒާހަރާ ތެރެއިން މިހާތަނަށްވެސް ގިނަ ބަޔަކު ވަނީފުލުހުންގެ ބެލުމުގެ ދަށަށް ގެންސްގޮސްފައެވެ. އޭގެ ތެރޭގައި އިދިކޮޅު ކޯލިޝަންގެ ދެ ޕާޓީގެ ކައުންސިލް މެމްބަރުންނާއި، ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ކުރިމަތިލާފައިވާ އެ ކޯލިޝަންގެ ބައެއް ކެންޑިޑޭޓުންވެސް ހިމެނެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: