ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ސަރަހައްދުގައި 2000 ހައުސިން ޔުނިޓް އަޅަން މިއަދު ސޮއިކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުގައި 2000 ހައުސިން ޔުނިޓް އަޅަން މިއަދު ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ “ރަށްވެހި ފަތިސް” ކެމްޕެއިންގައި މާލެ ސިޓީއަށް ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓުން ހުށަހެޅުއްވި މައިގަނޑު މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ ބޯހިޔާވަހިކަމުގެ މައްސަލެއެވެ. ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރެއްވުމަށް ސަރުކާރުން ކުރައްވާ މަަސައްކަތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވީ، މިހާތަނަށް ކުރެވުނު ދިރާސާތަކުގެ ތެރޭގައި މާލޭގައި ބޯހިޔާވަހިކަން ބޭނުންނާ 17،000 އާއިލާ އެބަތިބިކަމަށެވެ.

ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި ކުރިއަށްގެންދިޔަ ހިޔާ، މަޝްރޫޢުގެ ފްލެޓްގެ ގޮތުގައި ޢިމާރާތްކުރި 7،000 ފްލެޓްގެ ތެރެއިން 6،120 ފްލެޓް ޢިމާރާތްކޮށްފައިވާކަމަށާ، މި ފެލްޓްތަކަށް ވަންނަން އެތައް ބަޔަކު ތިބިކަމީ އޮތް އެންމެބޮޑު ގޮންޖެހުންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ބޯހިޔާވަހިކަމުގެ ބޮޑު މައްސަލަ، ޙައްލުކުރެވޭނީ މިމައްސަލައަށް އެންމެ އެކަށީގެންވާ ޢަދަދަށް ފްލެޓް ޢިމާރާތްކުރުންކަމަށާ، އެމަސައްކަތް މިސަރުކާރުން ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މިއަހަރުގެ ތެރޭގައި ފަށާނެކަމަށް ވިދާޅުވި 5،000 ހައުސިން ޔުނިޓްގެ ތެރެއިން 1،000 ހައުސިން ޔުނިޓްގެ މަސައްކަތް މިހާރު ފެށިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން 2،000 ހައުސިން ޔުނިޓެއްގެ މަސައްކަތް އިންޑިއާގެ އެމްބީސީސީއާ ޙަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށާއި މިއަދު އިތުރު 2،000 ޔުނިޓްގެ މަސައްކަތް ބަޔަކާއި ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއި ކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުން މިދައުރުގައި މާލެ ސަރަޙައްދުގައި ޢިމާރާތްކުރަން ވަޢުދު ވެފައިވަނީ 10،000 ހައުސިން ޔުނިޓުކަމަށެވެ. ނަމަވެސް އެމަނިކުފާނު މަސައްކަތް ކުރައްވާނީ އަދި އަމާޒަކީ މާލެ ސަރަޙައްދުގައި މިދައުރު ނިމުމުގެ ކުރިން 15،000 ހައުސިން ޔުނިޓް ޢިމާރާތްކޮށްދެއްވުންކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: