ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

100 އަހަރުތެރޭ ނުދޭހާ ގެއްލުން މުއިއްޒު މާލެއަށް ދިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

100 އަހަރުތެރޭ ނުދޭހާ ގެއްލުން މާލޭ ހިންގުމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ދެއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރަށްވެހި ފަތިސް ކެމްޕެއިންގައި ރޭ މާލޭގެ ކެންޑިޑޭޓުންނާއެކު އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއާ ވާދަކުރަނީ ލާމަރުކަޒީ މުޅި ނިޒާމު ކަފުން ކުރުމަށް ބޮކަރު ކާފޫރު ހިއްޕަވައިގެން ތިއްބެވި ބޭފުޅުންނާ ކަމަށެވެ.

އެގޮތުން ވަކިން ހާއްސަކޮށް ނަޝީދު ވަނީ މާލޭގެ މޭޔަރު ކަމަށް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ މުއިއްޒުގެ ނަން ފާހަގަކުރައްވާފައެވެ.

” މި ފުރަ މާލެ މި ހިންގި 100 އަހަރު ދުވަހުގެ ތެރޭގައި މާލޭގެ ހިންގުމަށް ގެއްލުން ނުދޭ މިންވަރަށް ގެއްލުން ދެއްވާފައި ހުރި ވަޒީރެއް” ނަޝީދު ވިދާޅުވިއެވެ.

މީގެކުރިން ވެސް މުއިއްޒު އަށް ނަޝީދު ފާޑު ވިދާޅުވެފައިވާއިރު، މުއިއްޒު ވަނީ އޭނާއާ ދެކޮޅަށް އެންޓި ކެމްޕެއިން ކުރުމަށް އެހާ ބޮޑު އިސްކަމެއް ދެއްވާ ސަބަބާއި މެދު ސުވާލު އުފައްދަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: