ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ ހިދުމަތް ހަރުދަނާ ކުރުމާއި ގުޅޭ ގޮތުން ޖަޕާނާއެކު މަޝްވަރާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ފުލުހުންގެ ހިދުމަތް ހަރުދަނާ ކުރުމާއި ގުޅޭ ގޮތުން ޖަޕާނާއެކު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކޮށްފައި ވަނީ މިހާރު ޓޯކިޔޯޓޯގައި ކުރިއަށްދާ “ކްރައިމް ކޮންގްރެސް” ގެ ހަވާސާގެ ތެރެއިންނެވެ. އެގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ޖަޕާންގެ ޖަސްޓިސް މިނިސްޓަރ ޔޯކޯ ކަމިކައާ އާ ބައްދަލުކުރައްވާފައެވެ.

އިއްޔެ ކުރިއަށް ދިޔަ މި ބައްދަލުވުމުގައި، މިނިސްޓަރ އިމްރާން އާއި މިނިސްޓަރ ޔޯކޯ ކޮމިކާވާ ވަނީ މުހިންމު ގިނަ ކަންތައްތަކަކާއި ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ. އެގޮތުން، ކުށް ކުރުން މަދުކުރުވޭނެ ގޮތް ތަކާއި ގުޅޭ ގޮތުންނާއި، ފުލުހުންގެ ހިދުމަތް ހަރުދަނާ ކުރުމާއި ގުޅޭ ގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ.

“ކްރައިމް ކޮންގްރެސް” ކުރިއަށް ގެންދެވެނީ ހައިބްރިޑް ފޯރމެޓަކަޝެވެ. އެގޮތުން، މި ބައްދަލުވުމުގައި އ.ދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް ވެސް ވަނީ ވަރޗުއަލްކޮށް ބައިވެރިވެފައެވެ.

މިއީ ކްރައިމް ކޮންގްރެސް ބޭއްވޭ 14 ވަނަ ފަހަރެވެ. މި ފަހަރުގެ ކޮންގްރެސް ހާއްސަ ކުރެވެނީ ސަސްޓެއިނަބަލް ޑިވެލޮޕްމެންޓް ގޯލްސް ހާސިލްކުރުމަށްޓަކައި ކުށްކުރުމާއި ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ. ކޮވިޑް-19 އިން އަރައިގަތުމާއި ގުޅޭ ގޮތުންވެސް މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ.

މިނިސްޓަރ އިމްރާންގެ އިތުރުން، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ނަޒީރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: