ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާޑުގެ ބާވަތްތަކުގެ އަގު ކޮންޓްރޯލް ކޮށްފި

އެސްޓީއޯއިން ވިލިމާލެއަށް ކާޑުގެ ބާވަތްތައް ޑެލިވަރީކުރަނީ. ފޮޓޯ: އެސްޓީއޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކާޑުގެ ބާވަތްތަކުގެ އަގު ކޮންޓްރޯލް ކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާންއެއްގައި ބުނީ ކާޑުގެ އަގު ކޮންޓްރޯލް ކުރީ މުދާ ގަންނަ ފަރާތްތަކާ ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން ކަމަށެވެ.

އެގޮތުން އާދައިގެ ހަނޑޫ ކިލޯއެއް 4.80 ރުފިޔާއަށް، އާދައިގެ ހުދު ހަކުރު ކިލޯއެއް 4.82 ރުފިޔާ އަދި އާދައިގެ ފުށް ކިލޯއެއް 3.80 ރުފިޔާއަށް ވިއްކޭގޮތަށް އަގު ވަނީ ކޮންޓްރޯލް ކޮށްފައެވެ. ނަަމަވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މުދާ ގެންދާއިރު ނާލާއި މަޖޫރީ ފީ އަދި ފައިދާ ލެވޭގޮތަށް ވަކި ވަރަކަށް ވުރެ ބޮޑުކޮށް ކާޑުގެ ބާވަތްތައް ވިއްކޭނެ އެވެ.

އެގޮތުން ރާއްޖޭގެ އެންމެ އުތުރު ހިމެނޭ ޒޯންގައި ކާޑުގެ ބާވަތްތަކުން ކިލޯއަކަށް 1.02 ރުފިޔާ އިތުރަށް ޗާޖު ކުރެވިދާނެ އެވެ. އަދި މެދުރާއްޖެ ތެރެ ހިމެނޭ ޒޯންގައި ނަަމަ 82 ލާރި އަދި އެންމެ ދެކުނު ހިމެނޭ ޒޯންގައި ނަމަ 1.21 ރުފިޔާ އިތުރަށް ޗާޖު ކުރެވިދާނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ ކޮންޓްރޯލް އަގަށް ވުރެ ބޮޑުކޮށް މުދަލެއް ވިއްކައިފިނަމަ، އެފަރާތަކަށް ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: