ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރު ދެމި އޮތްހާ ހިނދަކު ކޯލިޝަން ދެމި އޮންނާނެ: ރައީސް

ސަރުކާރުގެ ކޯލިޝަންގެ ލީޑަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުގެ ދައުރު ނިމެންދެން މި ކޯލިޝަން ދެމިއޮންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ކޯލިޝަނާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވީ ކޯލިޝަން ދެމެހެއްޓުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދެއް ކަމަށާ، ކޯލިޝަން ރޫޅޭނެ އެއްވެސް ކަމެއް ދިމާނުވާކަމަށެވެ. އަދި ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިމުމާހަމައަށް ކޯލިޝަން ދަމެހެއްޓޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ކޮވިޑް-19އާ ގުޅިގެން ކޯލިޝަންގެ ވެރިންނާއި ބައްދަލުކޮށް ވާހަކަ ނުދެއްކެވުނު ނަމަވެސް ފޯނުން މަޝްވަރާ ކުރައްވާ ކަމަށާއި އެކި ކަންކަމުގައި ބޭނުންފުޅުވާ ލަފައާއި މަޝްވަރާވެސް ކޯލިޝަން ލީޑަރުންގެ ފަރާތުން ލިބިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ކުރާ ކަންކަމާއި ނިންމާ ކަންކަމުގައިވެސް ކޯލިޝަންގެ މެދުގައި މަޝްވަރާ ކުރެވޭކަމަށެވެ. އަދި ކޯލިޝަން މިހާތަނަށްވެސް ދެމި އޮތީ އެއްބައިވަންތަކަމާއެކުކަމަށް އެމަނިކުފަނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: