ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިޖީއެމްއެޗްގައި ދުވަސް ނުފުރާ ވިހެ ކުއްޖެއް މަރުވަން ދެން ބޭއްވި މައްސަލައެއް ބަލަނީ

މިއަދު ނިޔާވި ބަންގްލަދޭޝްގެ މީހާ އައިޖީއެމްއެޗަށް ގެންދިޔައީ ރޭގެ ވަގުތެއްގައި. ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އައިޖީއެމްއެޗްގައި ބަނޑަށް ފަސް މަހުގައި ވިހެއި ކުއްޖަކަށް ފަރުވާ ނުދީ މަރުވަންދެން ބޭއްވިކަމަށް ބުނާ މައްސަލައެއް ބަލަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

މީސްމީޑިއާގައި ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ބަނޑަށް ފަސް މަހުގެ އަންހެނަކު، ބަނޑުގައި ރިއްސާތީ އެހޮސްޕިޓަލުގައި ދެ ދުވަސް ވެންދެން އެޑްމިޓު ކޮށްފައި ބޭއްވި ކަމަށެވެ.

އެޕޯސްޓުގައި ބުނެފައިވަނީ، ބަނޑުގައި ރިއްސާވަރުން ކެތް ނުކުރެވިގެން ްޑޮކްޓަރުންނާއި ނަރުހުން ވެސް އަޅާނުލި ކަމަށެވެ. އަދި އެއަންހެންމީހާއަށް ބޮޑުކަމު ނުދެވޭތާ 3 ދުވަސް ވެފައިވާތީ އެވޭނުގައިވެސް ހުރެ، ފާޚާނާ ދިޔައިރު އެއްޗެއް ފައިބާތީ އެތަނަށް ބޭރު ދެ މީހަކު ދިޔަ ކަމަށެވެ. އަންހެންމީހާ ވިހެއީ އެ ދެ މީހުންގެ އަތް މައްޗަށް ކަމަށެވެ.

އައިޖީއެމްއެޗްއިން ބުނީ މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ވިހެއި ކުއްޖަކަށް ފަރުވާ ނުދީ މަރުވަންދެން ބޭއްވިކަމަށް އާއިލާއިން ތުހުމަތު ކުރާ މައްސަލައެއް ތަހްގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލަ ނިމުމުން ތަފްސީލް ހާމަ ކުރާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: