ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް ވެކްސިން ޖަހައިގެން ރޯދަ ނުގެއްލޭނެ: ޝަހީމް

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ގެ ވެކްސިން ޖަހައިގެން ރޯދަ ނުގެއްލޭނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ.

ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް ވެކްސިން ޖަހައިގެން ރޯދަ ނުގެއްލޭނެ ކަމަަށެވެ. އެއީ ކެއުންބުއިމުގެ މަފްހޫމްގެ ތެރޭގައި ހިމެނޭ އެއްޗަކަށް ނުވުމާއި ކެއުންބުއިން ހަށިގަނޑަށް ވަންނަ ޠަބީޢީ މަގުން ހަށިގަނޑަށް އެތެރެވާ އެއްޗަކަށް ނުވާތީ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ކޮވިޑް ވެކްސިން ދިނުން ރޯދަ މަހު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ރޭގަނޑުއެވެ.

މާލެ ސަރަހައްދުގައި ވެކްސިންގެ ފުރަތަމަ ޑޯޒު ދިނުން މިހާރު ހުއްޓާލާފައިވާއިރު، އަތޮޅުތެރެއިން އިއްޔެ ވަނީ 1745 މީހުން ވެކްސިން ޖަހާފައެވެ. އެއާއެކު ރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދު މިހާރު ވަނީ 217،597 އަށް އަރާފައެވެ. އޭގެތެރެއިން 121،600 އަށް ވުރެ ގިނަ މީހުން ވެކްސިން ޖެހީ މާލެ ސަރަހައްދުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: