ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައުދުފުޅަކަށްފަހު ވައުދެއް މިއޮއްދަނީ ފުއްދެމުން: އާޒިމް

ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ވައުދުފުޅަކަށްފަހު ވައުދެއް މިދަނީ ފުއްދެމުން ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ލޭބަރ ރިލޭޝަންސް އޮޓޯރިޓީން އާންމުކޮށްފައިވާ ސާވިސް ޗާޖާބެހޭ ޤަވާއިދު ބުނާގޮތުން ފަތުރުވެރިކަމުގެ ޞިނާޢަތުގައި ހަރަކާތްތެރިވާ ތަންތަނުން ފޯރުކޮށްދޭ ކޮންމެ ޙިދުމަތަކުން %10 އަށްވުރެ މަދު ނޫން އަދަދަކުން ސަރވިސް ޗާޖު ނަގަންވާނެއެވެ. މި ޤަވައިދާއި އެއްގޮތަށް މިއަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސާވިސް ޗާޖު ނަގަންޖެހޭނެއެވެ.

ސާވިސް ޗާޖު ދިނުމުގެ ގަވައިދަށް ގެނައި ބަދަލާ ގުޅިގެން އާޒިމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ވައުދުފުޅަކަށްފަހު ވައުދެއް މިއޮއްދަނީ ފުއްދެމުން ކަމަށެވެ.

“މިވެރިންނާއި ހަވާކޮށްފަ ބަލަންތިބެންވީ. ނިމޭއިރު ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.” އާޒިމް ވިދާޅުވިއެވެ.

ޤަވާއިދު ބުނާގޮތުން މުވައްޒަފުންގެ މެދުގައި ސާވިސް ޗާޖް ބެހުމުގައި، މި ގަވާއިދާ ހިލާފުވެއްޖެނަމަ، ވިޔަފާރީގެ ކުޑަ ބޮޑު މިނަށް ބަލައި، އެއްލައްކަ ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. މީގެ އިތުރުން ލޭބަރ ރިލޭޝަންސް އޮތޯރިޓީން އަންގާ އެންގުންތަކާއި ހިލާފުވެއްޖެނަމަ ފުރަތަމަ ފަހަރު 10000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން، އަދި ތަކުރާރުވާ ކޮންމެ ފަހަރަކު 50،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރާނެކަމަށް ޤަވައިދުގައި ވަނީ ކަނޑައަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: