ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ ހުރިހާ ގޮނޑިއެއް އެމްޑީޕީން ނަގާނެ: ނަޝީދު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް އެމްޑީޕީން ބޭއްވި ޖަލްސާގައި ރައީސް ނަޝީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީ ހުރިހާ ގޮނޑިއެއް އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށް  ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރޭ އެމްޑީޕީން އޮންލައިންކޮށް ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ކައުންސިލު އިންތިހާބުގައި އެމްޑީޕީން ވަރަށް ފޮނި ކާމިޔާބެއް ހޯދާނެ ކަމަށެވެ.

“މާލޭގެ އެންމެ ގޮނޑި އެއް ވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ނުގެއްލޭނެ.” ނަޝީދު ވިދާޅުވިއެވެ.

އަދި މާލޭގެ މޭޔަރު ކަމަށް އިދިކޮޅު ޕީޕީއެމުން ނެރޭ ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވަޒީރުކަމުގައި ހުންނަވާ މާލެ އަށް ހެއްދެވި ގޮތް މާލޭގެ ރައްޔިތުން ހަނދާން ނުނެތޭ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

މާލޭގެ މޭޔަރު ކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ އެ ޕާޓީގެ ކުރީގެ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: