ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއިއްޒަށް ގޯނާކުރަނީ އިންތިޚާބުން އެމްޑީޕީ ބަލިވާނެކަން ޔަޤީންވާތީ: ޖަމީލް

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ހައުސިން މިނިސްޓަރު އަދި މާލެސިޓީ މޭޔަރު ކަމަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒުއަށް ގޯނާކުރަނީ އިންތިޚާބުން އެމްޑީޕީ ބަލިވާނެކަން ޔަޤީންވާތީ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވީ މުއިއްޒު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހާޒިރުވާން އެންގުމާ ގުޅިގެންނެވެ.

ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީ ސަރުކާރުން ފައިނަގާފައިވަނީ ރާއްޖޭގެ ޑިމޮކްރެސީ ހަލާކު ކުރުމަށްކަމަށެވެ.

“ޑރ. މުއިއްޒަށް ގޯނާކުރަނީ އިންތިޚާބުން އެމްޑީޕީ ބަލިވާނެކަން ޔަޤީންވާތީ.” ޑރ. ޖަމީލް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ޖަމީލް ވިދާޅުވެފައިވަނީ، “ޕަޕެޓުންތަކެއް” ކުރާނެ ތަހުގީގެއް ނޯންނާނެކަމަށެވެ.

“ތިޔައި އިންތިޚާބީ ޙައްޤު ނިގުޅައިގަތުމަށް ހިންގާ މުޑުދާރު އަމަލެއް. ކެންޑިޑޭޓުންގެ ޙައްޤުގައި މިއަދު އިލެކްޝަންސް ކޮމިޝަން ކޮބައިތޯ.” ޖަމީލް ސުވާލު ކުރެއްވިއެވެ.

މުއިއްޒު އޭސީސީ އަށް ހާޒިރުވާން އަންގާފައިވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ. ނަމަވެސް މުއިއްޒު ހާޒިރުކުރާ މައްސަލައެއް ސާފުވެފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: