ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނައިފަރާއި ފެލިވަރަށް ދިޔަ މީހުން ކަރަންޓީންވާން އަންގައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޅ.ނައިފަރުންނާއި އެއަތޮޅު ފެލިވަރުން ކޮވިޑް-19 އަށް ބަޔަކު ޕޮޒިޓިވް ވެފައިވާތީ އެ ދެ ރަށުން އެހެން ރަށްރަށަށް ފުރި މީހުން ކަރަންޓީނު ވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.

އެޗްޕީއޭ އިން ބުނީ މި މަހުގެ 10 ވަނަ ދުވަހުގެ ފަހުން ނައިފަރުގައި އުޅެފައިވާ އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތް ސެންޓަރަށް އެންގުމަށް އެދޭ ކަމަށެވެ.

އަދި މިތާރީޚްގެ ފަހުން ނައިފަރަށް ގޮސްފައިވާ ފަރާތެއްވާނަމަ، ނައިފަރުން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިބުމަށާއި އެ ރަށެއްގެ ހެލްތު ސެންޓަރުން ނުވަތަ ހޮސްޕިޓަލުން މިފަރާތްތަކުގެ ސާމްޕަލް ނެގުމުގެ އިންތިޒާމު ހަމަޖައްސަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުން މި މަހުގެ 10 ވަނަ ދުވަހުގެ ފަހުން ނައިފަރުން މާލެއަށް އައިސްފައިވާ ފަރާތްތަކުން މާލެހިޔާ ކައިރީގައި ހުންނަ ފްލޫ ކްލިނިކް، ހުޅުމާލޭ ފްލޫ ކްލިނިކް، އަދި ވިލިމާލޭ ފްލޫ ކްލިނިކަށް ގޮސް ސާމްޕަލް ނެގުމަށްވެސް އެޗްޕީއޭ އިން ވަނީ އެދިފައެވެ.

އެގޮތުން ނަތީޖާ ނެގެޓިވްވި ނަމަވެސް ނައިފަރުން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިއްބުމަށާއި އެރަށަށް ކުރި ދަތުރުގެ މައުލޫމާތު 1676އަށް ގުޅައި ހިއްސާކުރުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި މި މުއްދަތުން ފެށިގެން 10 ދުވަސް ހަމަވެފައިވާ ފަރާތްތަކުންވެސް ސާމްޕަލްއެއް ނަގަައި ޓެސްޓްކުރަންވާނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން އިތުރަށް ބުނީ މި މަހުގެ އެއްވަނަ ދުވަހުގެ ފަހުން ފެލިވަރުގައި އުޅެފައިވާ އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތް ސެންޓަރަށް އެންގުމަށް އެދޭ ކަމަށެވެ.

އަދި މިތާރީޚްގެ ފަހުން ފެލިވަރަށް ގޮސްފައިވާ ފަރާތެއްވާނަމަ، ފެލިވަރުން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިބުމަށާއި އެ ރަށެއްގެ ހެލްތު ސެންޓަރުން ނުވަތަ ހޮސްޕިޓަލުން މިފަރާތްތަކުގެ ސާމްޕަލް ނެގުމުގެ އިންތިޒާމު ހަމަޖައްސަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުން މި މަހުގެ އެއްވަނަ ދުވަހުގެ ފަހުން ފެލިވަރުން މާލެއަށް އައިސްފައިވާ ފަރާތްތަކުން މާލެހިޔާ ކައިރީގައި ހުންނަ ފްލޫ ކްލިނިކް، ހުޅުމާލޭ ފްލޫ ކްލިނިކް، އަދި ވިލިމާލޭ ފްލޫ ކްލިނިކަށް ގޮސް ސާމްޕަލް ނެގުމަށްވެސް އެޗްޕީއޭ އިން ވަނީ އެދިފައެވެ.

އެގޮތުން ނަތީޖާ ނެގެޓިވްވި ނަމަވެސް ފެލިވަރުން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިއްބުމަށާއި އެރަށަށް ކުރި ދަތުރުގެ މައުލޫމާތު 1676އަށް ގުޅައި ހިއްސާކުރުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: