ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެކުނުގައި އުފެދުނު ކޮޅިގަނޑު ތޫފާނަށް ބަދަލުވަނީ، ރާއްޖެއަށް ސީދާ އަސަރު ނުކުރާނެ: މެޓް

މޫސުން ގޯސްވެފައިވަނިކޮށް ލޯންޗެއް ދަތުރު ކުރަމުންދަނީ: ފޮޓޯ ވީ ނިއުސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ ހަފްތާގައި ރާއްޖެ ސަރަހައްދުގައި ތޫފާނެއް އުފެދޭނެކަމަށް މޫސުމާއި ބެހޭ އެޕްލިކޭޝަންތަކުން ދެއްކިނަމަވެސް، އެއީ ރާއްޖޭގެ ދެކުނުގައި އުފެދިފައިވާ ކޮޅިގަނޑެއްކަމަށާއި، އޭގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެކަަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރައިން ހާމަކޮށްފިއެވެ.

މޫސުމާއި ބެހޭ އެޕްލިކޭޝަންތަކުން ދައްކާގޮތުގައި މިމަހުގެ 30 ވަނަ ދުވަހު ރާއްޖޭގެ ދެކުނު ސަރަހައްދަށް ތޫފާނެއް އަރާނެކަމަށް ދައްކާތީ ބައެއް ފަރާތްތކުން އަންނަނީ އެކަން ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ ދެކުނުގައި އުފެދިފައިވަނީ ކޮޅިގަނޑެއްކަމަށާއި އެއީ ރާއްޖެއާ އެތައް ސަތޭކަ މޭލު ދުރުގައި އުފެދިފައިވާ ކޮލީގަނޑެއްކަމަށެވެ. އަދި އޭގެ ބާރުގަދަވެ ތޫފާނަކަށް ބަދަލުވިޔަސް އެކަމުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެކަމަށްވެސް މެޓް އޮފީހުން ބުންޏެވެ. މެޓް އޮފީހުން ވަނީ އެ ކޮޅިގަނޑަށް އަންނަމުންދާ ބަދަލުތައް ބަލަމުންދާކަމަށާއި، އެކަމުގެ މަޢުލޫމާތު ހިއްސާކުރަމުން ދާނެކަމަށެވެ.

މިދުވަސްވަރު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ދަނީ ވިއްސާރަ ކުރަމުންނެވެ. މެޓް އޮފީހުން ބުނީ މިއަދު ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށްވެސް މޫސުން އާއްމުގޮތެއްގައި ރަނގަޅުވާނެކަމަށް ލަފާކުރެވޭކަމަށެވެ. ނަމަވެސް މިރެއިން ފެށިގެން ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރާނެ، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަަމަށްވެސް މެޓް އޮފީހުން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: