ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއިއްޒުގެ އިންތިހާބީ ހައްގަށް އަރައިގަންނަ ކަމަށް ބުނެ އިދިކޮޅުގެ ކަންބޮޑުވުން

ކުރީގެ ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމްގެ ފަރާތުން މާލޭގެ މޭޔަރު ކަމަަށް ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒުގެ އިންތިހާބީ ހައްގަށް އަރައިގަނެ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކަންބޮޑުވުންފާޅުކޮށްފިއެވެ.

އިދިކޮޅުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވާ ތާރީހު ކުޑަތަން ވެފައި ވަނިކޮށް، އެކޮލިޝަންގެ ފަރާތުން މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވާ ޑރ. މުއިއްޒުގެ މައްޗަށް ތަފާތު މައްސަލަތައް ފެންމަތި ކޮށް، ސަރުކާރާއި ސަރުކާރު ނިސްބަތްވާ ޕާޓީގެ ސިޔާސީ ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން އޭސީސީއާ ދައުލަތުގެ އެހެނިހެން މުއައްސަސާ ތަކަށް ހާޒިރު ކުރަމުން ގެންދާ ގެންދިއުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

މިއީ ކަނޑައެޅިގެން އިންތިހާބަށް ނުފުޒު ފޯރުވާ އެކޮލިޝަނާއި އެކޮލިޝަންގެ ކެންޑިޑޭޓް ޑރ. މުއިއްޒު ގެ އިންތިހާބީ ހައްގުތަކަށް އަރައިގަތުމުގެ ގޮތުން ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގައި އޮތް އެމްޑީޕީގެ މެޖޯރިޓީގެ ބޭނުންކޮށްގެން، ރާވައިގެން ހިންގަމުން ގެންދާ ސިޔާސީ ކަންތައްތަކެއް ކަމަށް ދެކޭ ކަމަށް އެ ބަޔާނުގައި ބުނެއެވެ.

އެބަޔާނުގައި އިތުރަށް ބުނީ ޑރ. މުއިއްޒުގެ މައްސަލައެއް އޮތް ކަމަށް ބުނެ ވާހަކަ ދައްކަމުން ގެންދާތާ އެތައް އަހަރެއްވީ އިރުވެސް އެމައްސަލަތައް ބަލާ ހާޒިރުކޮށް ހަދާފައި ނުވާ ކަމަށެވެ. ނަމަވެސް އިންތިހާބަށް 2 ހަފްތާއަށް ވުރެ ގާތްވުމުން، މައުލުމާތު ސާފުކުރަން ކަމަށް ބުނެ ނުވަތަ ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އިރު ކޮޅާ ދައުލަތުގެ މުއައްސަސާ ތަކަށާއި އޭސީސީ އަށް ހާޒިރު ކުރަމުން ގެންދާ ގެންދިއުން ދޭހަވަނީ ސަރުކާރަށާއި އެމްޑީޕީއަށް ރައްޔިތުންގެ ތާއީދު ގެއްލި މާލޭ ސިޓީ މޭޔަރުގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބު ނުކުރެވޭނެ ކަން ކަށަވަރުވެ، ސަރުކާރާއި އެމްޑީޕީ ޕްރެޝަރަށް ވެއްޓިފައިވާ މިންވަރު ކަމަށެވެ.

އެހެންކަމުން އެކޯލިޝަނުން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ދައުލަތުގެ މުއައްސާތައް މެދުވެރިކޮށް އިންތިހާބީ ހައްގަށް އަރައިގަނެ، ކުރަމުން ގެންދާ އެންޓި ކެމްޕެއިންގެ އަމަލުތައް މިހާރުން މިހާރަށް ހުއްޓަލުމަށް ކޯލިޝަނުން ވަނީ ގޮވާލާފައެވެ. އަދި ކަމާބެހޭ މުއައްސަސާތަކުން އެމައްސަލަތައް ބަލާ ފިޔަވަޅު އެޅުމަށްވެސް ވަނީ ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: