ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއިއްޒު މޭޔަރުކަމަށް ހޮވިއްޖެނަމަ މުޅި މާލެ ސަރަހައްދު އެއްކޮށް ބިކަ ވާނެ: މުހައްމަދު ރަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ޑރ. މުހައްމަދު މުއިއްޒު ހޮވިއްޖެ ނަމަ މުޅި މާލެ ބިކަވާނެ ކަމަށް މައްޗަންގޮޅި ދެކުނު ދާއިރާގެ އެމްޑީޕީ އެމްބަރު މުހައްމަދު ރަޝީދު ވިދާޅުވެއްޖެވެ.

ސަން ޓީވީގެ “ވާތު ސަންގު” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މެމްބަރު މުހައްމަދު ރަޝީދު ވިދާޅުވީ އިދިކޮޅު ޕީޕީއެމްއަކީ ލާމަރުކަޒީ ނިޒާމު ދަންނަ ބައެއް ނޫން ކަމަށާއި އެ ޕާޓީގެ ކެންޑިޑޭޓުން ހޮވިއްޖެ ނަމަ އެ ނިޒާމު ތަންފީޒު ނުކުރެވޭނެ ކަމަށެވެ.

މެމްބަރު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފާފު އަތޮޅު ވިއްކާލަން މަސައްކަތް ކުރެއްވި ކަމަށާއި އެއީވެސް ލާމަރުކަޒީ ނިޒާމާ ހިލާފުވުން ކަމަށެވެ.

“އަޅިގަނޑުމެން ވަރަށް ބިރުގަނޭ މިސާލަކަށް މުއިއްޒުމެން ކަހަލަ މީހަކު ހޮވައިގެން މިތަން ނަގައިފިއްޔާ. އަޅުގަނޑަށް ހަމަަ ޔަގީން މުޅި މި މާލެ ސަރަހައްދު އެއްކޮށް ބިކަވާނެ. ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެ އެ މީހުން. އެވަރުގެ ބާރުވެެރިކަން ގާނޫނުން ލިބިފަ އޮތީމަ.” މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މުއިއްޒު އަށާއި ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓުންނަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި އެއީ ލާމަރުކަޒީ ނިޒާމު ފުނޑުން ނޫން އިތުރު ކަމެއް ކުރި ބައެއް ނޫން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: