ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ ކާފިއު އުވާލައިފި

ކާފިއުވަގުތު ބޭރުގައި އުޅުނު 3249 މީހަކަށް ފިޔަވަޅު އަޅައިފި.
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް19 އާ ގުޅިގެން މާލޭ ސަރަހައްދުގައި އިއުލާނުކޮށްފައި އޮތް ކާފިއު އުވާލައިފި އެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ދެންމެ ނެރުއްވި އެންގުމުގައި ވިދާޅުވެފައި ވަނީ މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅީ ފަޅާއި، ހުޅުލެގައި މިހާރުން ފެށިގެން، ވަކިގޮތެއް އަން ގާންދެން ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށެވެ.

އެންގުމުގައި ބުނެފައި ވަނީ ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މާނާކުރި ކުރުން ބާތިލުކޮށްފައިވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި ދޭން ނިންމާފައިވާ ލުއިތަކަށް ބަލާއިރު އެޗްޕީއޭއިން ކަނޑައަޅައިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް، ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހުޅުވައިލުމާއި، އެޗްޕީއޭ އިން ކަނޑައަޅައިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް، ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަން، އެކަމާ ގުޅޭ އިދާރާތަކުން ކަނޑައަޅާ ގޮތެއްގެ މަތީން ހުޅުވައިލުމާއި، ދުވުމަށް ޚާއްޞަ ކޮށް ފައިވާ ޓްރެކްތައް ހުޅުވައިލުން ހިމެނެއެވެ.

އަދި ރައްކައުތެރިކަމުގެ ފިޔަވަޅުތަކާއެކު ޔުނިވަރސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރި ޔަށް ގެންދިޔުން ހުޅުވައިލުމާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން، ރައްކައުތެރިކަމުގެ ފިޔަވަޅުތަކާއެކު ޕްރީސްކޫލް ތަކާއި، ނާސާރީތަކުގައި ކިޔަވައިދިނުން ހުޅުވައިލުންވެސް ހިމަނާފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: