ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާފިއު އުވާލި ނަމަވެސް އެއްވުން މަނާ!

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ކާފިއު، އުވާލި ނަމަވެސް ފަސް މީހުންނަށް ވުރެ ގިނައިން އެއްވެ ނޫޅެވޭ އުސޫލު ދަމަހައްޓައިފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ނެރުއްވި އެންގުމުގައި ވަނީ މާލެ ސަރަޙައްދު (މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅީފަޅު، ހުޅުލެ) ގައި މިހާރުން ފެށިގެން، ވަކިގޮތެއް އަންގާންދެން ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މިއަދު އާންމުކުރި އެންގުމުގައި ބުނެފައި ވަނީ ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މާނާކުރި ކުރުން ބާތިލުކޮށްފައިވާ ކަމަށެވެ.

ކޮވިޑް-19ގެ ޙާލަތު ކޮންޓްރޯލްކުރުމަށް އެޅި ޚާއްސަ ފިޔަވަޅެއްގެގޮތުން، މާލެ ސަރަޙައްދުގައި އެއްފަހަރާ ފަސް މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗަށް ނުކުމެ އެއްވެ އުޅުން މަނާ ކުރީ މިދިޔަ މަހުގެ ހަތަރުވަނަ ދުވަހުއެވެ.

ކޮވިޑް19 އާ ގުޅިގެން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް މިއަދު ލުއި ދީފައިވާއިރު، މި އުސޫލަށް ލުއި ދީފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: