ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލް އިންތިހާބުގައި މެޖޯރިޓީ ނަގާނީ އެމްޑީޕީން: މޫސަ

ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު މިއޮތް ސަރުކާރާ އިދިކޮޅު މީހަކު މާލޭގެ މޭޔަރު ކަމަަށް ގެނެސްގެން މާލެ ތަރައްގީއެއް ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް މޫސަ މަނިކު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ވާތު ސަންގު” ޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގަތް ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ ކައުންސިލްތައް ސަރުކާރާއެކު އޮތުން ވަރަށް މުހިންމު ކަމަށާއި ސަރުކާރު ހިއްސާވާ ޕާޓީއަކަށް ފިޔަވައި އެހެން ޕާޓީއަކަށް ކައުންސިލްތައް ލިބިއްޖެ ނަމަ ވަރަށް ބޮޑު މުސީބާތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

“އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސަރުކާރު ހިންގާ ޕާޓީއާއެކު ކައުންސިލްތައް މަސައްކަތްކުރަން ލިބިއްޖެޔާ ނޫނީ ހިޔެއް ނުވޭ ވާނެ ހެނެއް. ރިޔާސީ އިންތިހާބުގައި ވެސް މަޖިލީހުގެ އިންތިހާބުގައި ވެސް ބޮޑު ތަފާތަކުން އެމްޑީޕީ ކާމިޔާބު ކުރީ. އެހެންވީމަ ކައުންސިލްތަކުގެ ވެސް އަސި ސިޓީތަކުގެ ވެސް މެޖޯރިޓީ ނަގާނީ އެމްޑީޕީ ކަމަށް އަޅުގަނޑަށް ބެލެވެނީ.” މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ލާމަރުކަޒީ ގާނޫނާށް ގެނައި އިސްލާހުތަކާއެކު ކައުންސިލް އިންތިހާބަށް ފަހު އަންހެނުން ބާރުވެރިވެގެން ދާނެ ކަމަށާއި އެހެންކަމުން ކައުންސިލް ތެރޭގައި ސަރުކާރާ ތަޅާފޮޅާ ބަޔަކު ތިބެގެން ނުވާނެ ކަމަށެވެ.

ރޭގެ ޕްރޮގްރާމުގައި މޫސަ ވަނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އަނަސް އަބްދުއްސައްތާރު އަށް ތާއީދުކުރާކަން ހާމަކޮށްފައެވެ.

ވަރަށް ގަދަ
17%ވަރަށް ގަދަ 67%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 17%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: