ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ޒަރޫރީ ހާލަތެއް މެދުވެރިވެގެން މަޖިލިސް ރައީސް ތަޅުމަށް ހާޒިރު ނުވެވުމަކީ އިސްތިއުފާ ދޭންޖެހޭނެކަމެއް ނޫން”

މަޖިލީހުގެ ކުރީގެ ނައިބް ރައީސް ރީކޯ މޫސާ މަނިކް
ޝެއާރކޮށްލާ ކަހަލަދޯ؟

ޒަރޫރީ ހާލަތެއް މެދުވެރި ވެގެން މަޖިލީހުގެ ރައީސަށް ތަޅުމަށް ހާޒިރު ނުވެވުމަކީ އިސްތިއުފާ ދޭންޖެހޭނެކަމެއް ނޫންކަމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކް ވިދާޅުވެއްޖެއެވެ.

މޫސަ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ޗުއްޓީގެ މުއްދަތު އިތުރު ކޮށްދެއްވުމަށް އެދިފައިވަނިކޮށް އެކަމާ ކަންބޮޑުވުން ފާޅުކޮށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް، އެމަނިކުފާނު މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމަށް ގޮވާލުމާ ގުޅިގެންނެވެ.

އާދަމް ޝަރީފް ވިދާޅުވީ މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި ރައިސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އަދި ސަރުކާރުގެ ރޭވުން އޮތީވެސް ރައީސް ނަޝީދު އެންބުރި ރާއްޖެ ނުގެންނަން ކަމަށެވެ.

އެކަމަަށް ރައްދު ދެއްވައި މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޒަރޫރީ ޙާލަތެއް މެދުވެރިވެގެން މަޖްލީހުގެ ރައީސް ތަޅުމަށް ޙާޒިރު ނުވެވުމަކީ އިސްތިއުފާ ދޭންޖެހޭނެކަމެއް ނޫން ކަމަށެވެ.

“މަޖްލީހުގެ މެމްބަރުން ކޮންމެތާކު ހުންނެވިޔަސް ޖަލްސާގަ ބައިވެރިވެވޭކަން ކޮވިޑްގެ ޙާލަތުގާ އެނގިގެންދިޔަ. އަދި ޙާޒިރީވެސް ޤަބޫލުކޮށް ބިލްތަށް ފާސްކޮށްފައިވޭ.” މޫސަ ވިދާޅުވިއެވެ.

މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް ދިން ހަމަލާ އަށްފަހު އެމަނިކުފާނު ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ. އަދި ހަމަލާ ރާވައި ހިންގި މީހުން ހައްޔަރު ނުކުރަނީސް އެނބުރި ރާއްޖެ ވަޑައިގަތުމަށް ޖެހިލުންވެ ވަޑައިގަންނަވާ ކަމަށާއި އެމަނިކުފާނުގެ ޗުއްޓީ އިތުރުކޮށްދެއްވުމަށް އެދިވަޑައިގެން މަޖިލީހަށް ވަނީ ސިޓީއެއް ފޮނުއްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: