ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބެލެނިވެރިން ސަމާލުވާންވެއްޖެ، އެސެމްބްލީގަ ތިއްބާ ކުދިންތައް ވެސް ތަޅާ މަރާފާނެ: ރީކޯ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބްރައީސް މުސާ މަނިކު
ޝެއާރކޮށްލާ ކަހަލަދޯ؟

ބަޔަކު މީހުން އަރައިގަނެ ކުދިން ތަކެއް މަރާލުމުގެ ކުރިން ސުކޫލުތަކުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަން ޖެހިއްޖެކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ގަލޮޅު ދަނޑުގައި، ޔޯގާ ޑޭގެ ހަރަކާތްތައް ހިންގަމުން ދަނިކޮށް، ބަޔަކު މީހުން އެތަނަށް ވަދެ، އެ ހަރަކާތް ހުއްޓުވާފައިވާ ދަނޑިވަޅެއްގައި ޓްވީޓެއް ކުރައްވާ މޫސަ ވިދާޅުވީ، ސުކޫލުތަކަށް ކުދިން ކިޔަވަން ފޮނުވާ ބެލެނިވެރިންވެސް މިހާރު ސަމާލުވާން ޖެހިއްޖެކަމަށެވެ. އަދި ބަޔަކު މީހުން އެ ކުދިން އެސެމްބްލީގައި ތިއްބައި، އަރައިގަނެ “ތަޅާ ފޮޅާ ކުދިންތަކެއް މަރާލުމުގެ” ކުރިން ސުކޫލުތަކުގައިވެސް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަން ޖެހިއްޖެކަމަށް މޫސަ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ހާލަތު ހުރިގޮތުން ސުކޫލުތަކުގައި، ކިޔަވާ ކުދިންނަށްވެސް ނުރައްކާވެފައިވާކަމަށް މޫސާ މަނިކު ސިފަ ކުރައްވާފައިވާއިރު، ދާދި ފަހުން، ޖަމާލުއްދީން ސުކޫލަށް މީހަކު ތޫނު ހަތިޔާރަކާއިގެން ވަދެ، އިންޒާރުތަކެއް ދީފައިވާކަމަށް ފާހަގަކުރެވެއެވެ.

ސުކޫލުތަކުގެ ފިޔަވަޅުތައް ވަރުގަދަ ކުރަން ޖެހިފައިވާކަމަށް މޫސާ މަނިކު ވިދާޅުވެފައިވާއިރު، އިންޓާރނެޝަނަލް ޔޯގާގެ ދުވަސް ފާހަގަކުރުމުގެ ތެރޭގައި، ދިވެހި ޔޫތު މިނިސްޓަރުގެ އިތުރުން، އިންޑިއާގެ ހައި ކޮމިޝަނަރާއި، އދ ގެ އެމްބެސެޑަރުންވެސް ބައިވެރިވެ ތިއްބައި، ބަޔަކު ވަދެ ހަމަނުޖެހުންތަކެއް ހިންގާފައިވަނީ، ޔޯގާ އަކީ، އިސްލާމް ދީނާއި ހިލާފު އަމަލެއް ކަމަށް ފާހަގަކޮށެވެ. އެ ފަރާތްތައް ވަތް ހިންދު الله أكبر ކިޔަމުން ދިޔަކަމަށް، މައުލޫމާތު ލިބެއެވެ. އެ މީހުން ގަލޮޅުދަނޑަށް ވަދެފައިވަނީ، އެ ސަރަހައްދު ބަލަހައްޓަން ތިބި ފުލުހުންގެ ލައިނު ފަޅާލުމަށް ފަހުކަމަށް ފާހަގަކުރެވެއެވެ.

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވަނީ ޔޯގާ ޑޭގައި ހިންގި ހަމަނުޖެހުމާއި ގުޅިގެން ޓްވީޓެއް ކުރައްވާފައިއެވެ. އެމަނިކުފާނު ބުނެފައިވާގޮތުން، ގަލޮޅު ދަނޑުގައި ހިންގާފައިވާ ހަމަ ނުޖެހުން، ސީރިއަށް މައްސަލައެއްގެ ގޮތަށް ބަލަމުން ދާކަމަށެވެ. އަދި މި ހަމަނުޖެހުން ހިންގުމުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ލަސްނުވެ އިންސާފު ގާއިމު ކުރައްވާނެކަމަށްވެސް ރައީސް ސޯލިހު ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
6%ވަރަށް ގަދަ 13%ވަރަށް ގަޔާވޭ 19%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 6%ވަރަށް ދެރަ 56%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: