ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ސޯލިހުގެ އިސްތިއުފާއަށް ގޮވާ މެމްބަރުން އެމްޑީޕީން ވަކިކުރަން ޖެހޭ: މޫސަ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބްރައީސް މުސާ މަނިކު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާ އަށް ގޮވާ މެމްބަރުން އެމްޑީޕީން ބޭރުކުރަންޖެހޭ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ މިހެން ވިދާޅުވީ ރައީސް ސޯލިހްގެ ކެބިނެޓް އުވާލާ މަގާމުން އިސްތިއުފާ ދެއްވުމަށް އެމްޑީޕީގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ގޮވާލުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި ސަރުކާރާ އިދިކޮޅަށް ތެދުވެ ރައީސް ސޯލިހުގެ އިސްތިއުފާ އަށް ގޮވާ ޕާޓީގެ އުސޫލުތަކާ ހިލާފުވާ މެމްބަރުން ވަގުތުން ޕާޓީން ވަކިކުރަންޖެހޭ ކަމަށެވެ.

“މީގެކުރިން އެމްޑީޕީ މެމްބަރުންނާ މެދު އަމަލުކޮށްފައި ހުރީ މި އުސޫލުން. މިކަން ނުކޮށްފިނަމަ އިންސާފާއި ހަމައިން ނެއްޓި އެމްޑީޕީ ހަލާކުވާނެ” މޫސަ ވިދާޅުވިއެވެ.

މުސްލިމަކާ ދިމާއަށް ކާފަރެކޭ ބުނުން ކުށަކަށް ހަދަން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލްގެ ބަހުސްގައި އިއްޔެ ބޮންޑެ ވިދާޅުވީ ބިލަކީ ސަރުކާރުން ހުށައެޅި ބިލެއް ކަމަށާ ނަމަވެސް ބިލާ ދެކޮޅު ހައްދަނީވެސް ސަރުކާރުން ކަމަށެވެ. މި ބިލް މިދަނޑިވަޅުގައި މަޖިލީހަށް ގެނައި ސަބަބާމެދުވެސް ބޮންޑެ ސުވާލު އުފެއްދެވިއެވެ. ވިދާޅުވީ މިއީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ފޯކަސް ގެއްލުވާލުން ކަމަށް ބޮންޑެ ވިދާޅުވިއެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: